ކުޅިވަރު

ޔޫރަޕުގައި ވާދަކުރަން މިލާނަށް ހުރަހެއް ނެތް

ޔޫރަޕްގެ މުބާރާތްތަކުގައި ވާދަ ކުރުން މަނާކޮށް، މިދިޔަ މަހު އޭސީ މިލާނާ ދެކޮޅަށް ޔޫރަޕްގެ ފުޓްބޯޅަ އިދާރާއިން އެޅި ފިޔަވަޅު ކުޅިވަރު އާބިޓްރޭޝަން ކޯޓުން ބާތިލު ކޮށްފި އެވެ.

ސްވިޒަލޭންޑްގެ ލުޒާންގައި ހުންނަ އިންޓަނޭޝަނަލް ސްޕޯޓްސް އާބިޓްރޭޝަން ކޯޓް (ސީއެއެއެސް) ގެ ނިންމުމާއެކު، ކުރިއަށް އޮތް ސީޒަންގެ ޔޫރޮޕާ ލީގައި މިލާނަށް ވާދަ ކުރެވޭނެ އެވެ.

ޔޫއެފްއާއިން މިލާނާ ދެކޮޅަށް ފިޔަވަޅު އެޅީ، ޔޫއެފްއާގެ ޓްރާންސްފާ ފެއާޕްލޭއާ ހިލާފު ވުމުންނެވެ. ޔޫއެފްއާގެ ގަވާއިދުތައް ބުނާ ގޮތުން، ޓްރާންސްފާ ޕީރިއަޑެއްގައި ކުލަބަކަށް ހޭދަ ކުރެވޭނީ ގިނަ ވެގެން 200 މިލިއަން ޔޫރޯ އެވެ. މިދިޔަ އަހަރު ހޫނު މޫސުމުގެ ޓްރާންސްފާގައި މިލާނުން ވަނީ ގިނަ ކުޅުންތެރިންތަކެއް ސޮއި ކުރުވާފަ އެވެ.

ޔޫއެފްއާއިން ދިން އަދަބު، އިސްތިއުނާފް ކޮށްދިނުމަށް މިލާނުން ކޯޓަށް ހުށަހެޅުމުން، މިއަދު ކޯޓުން ވަނީ، ޔޫއެފްއާއިން އަޅާފައިވާ އަދަބު އުވާލާފަ އެވެ. އަދި ކޯޓުން ވަނީ، އެކުށަކާ އެކަށީގެން ވާވަރުގެ އަދަބެއް ދިނުމަށް ޔޫއެފްއާ އަންގާފަ އެވެ.

ޔޫއެފްއާއިން މިލާނާ ދެކޮޅަށް ފިޔަވަޅު އެޅީ ތިން އަހަރު ދުވަހަށް ޔޫރަޕްގެ އެއްވެސް މުބާރާތެއްގައި ވާދަ ކުރުމުގެ ފުރުސަތު މިލާނަށް ނުލިބޭ ގޮތަށެވެ.