ހަބަރު

އަހަރުގެ މިހާތަނަށް 22.9 ކިލޯއަށްވުރެ ގިނަ ޑްރަގު އަތުލައިފި

Jul 25, 2018
2
ރާއްޖެއިން ހައްޔަރު ކުރި އަންހެނެއްގެ އަތުން ފެނުނު މަސްތުވާތަކެތި: ރާއްޖެއަށް މިހާރު މަސްތުވާތަކެތި ގިނައިން އެތެރެ ކުރަނީ ބަންގުލަދޭޝްގެ މީހުން މެދުވެރިކޮށް
0%
0%
0%

މޯލްޑިވްސް ކަސްޓަމްސް ސާވިސް އޮޕަރޭޝަންތަކުގައި މި އަހަރު މިހާތަނަށް 22.9 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ. ކަސްޓަމްސް އިން ބުނީ އެ އަދަދު ހަމަވަނީ 54 ހާދިސާއެއްގައި ކަމަށެވެ. މިއީ ކަސްޓަމްސް އިން މިގޮތަށް މަސްތުވާތަކެތީގެ ތަފާސް ހިސާބުތަކެއް އާންމު ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުޅިން ވެސް އާންމު ކުރަނީ ހިނގި ހާދިސާއެއްގެ މައުލޫމާތެކެވެ.

ކަސްޓަމްސްގެ ހިސާބުތައް އަހަރުގެ މިހާ ހިސާބަށް ދައްކާ ގޮތުން މިއަހަރު މިހާތަނަށް 54 ކޭސް އެއްގައި 22.9 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާއިރު އޭގެ ތެރޭގައި ފޯސްޓްގެ މަގުން މަސްތުވާތަކެތި ގެނައި 44 ހާދިސާއެއް ހިމެނެ އެވެ. އަދި އެތަކެތީގެ ބަރުދަން 4.7 ކިލޯ އަށް އަރަ އެވެ.

ފަސިންޖަރުންގެ ލަގޭޖުން މަސްތުވާތަކެތި އަތުލައި ގަނެވުނު ހާދިސާތަކުގެ އަދަދު ނުވައެކެވެ. އެއީ 12.9 ކިލޯ އެވެ.

އަތުލެވުނު މައިގަނޑު ބާވަތްތައް

  • ކެނަބިސް: 7 ކޭސް - 9.3 ކިލޯ
  • ހަޝިޝް އޮއިލް: 2 ކޭސް - 1.8 ކިލޯ
  • ހެރޮއިން: 7 ކޭސް - 8.9 ކިލޯ

ކަނޑު މަގުން އެތެރެ ކުރަނިކޮށް މަސްތުވާތަކެތި އަތުލައިގަނެވުނީ އެންމެ ހާދިސާއެއްގަ އެވެ. އެއީ 5.3 ކިލޯގެ މަސްތުވާތަކެއްޗެ. މީގެ ތެރެއިން ހ ހާދިސާއެއްގައި ބަނގުލަދޭޝް ރައްޔިތުން ހިމެނޭ އިރު އެ މީހުންގެ އެހީގައި 9.6 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345