ހަބަރު

އީސީގެ މެންބަރު ކަމަށް ނަޝާތު އައްޔަންކޮށްފި

އިލެކްޝަން ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަލީ ނަޝާތު މިއަދު އައްޔަން ކޮށްފި އެވެ.

އީސީގެ މެންބަރު ކަމަށް ނަޝާތު އައްޔަން ކުރަން އޭނާގެ ނަން ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުވީ މިދިޔަ ހޯމަ ދުވަހުގަ އެވެ. އަދި އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އެ މަގާމަށް ނަޝާތު އައްޔަން ކުރަން ރުހުން ދީފަ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އީސީގެ މެންބަރުކަމު ލިޔުން ހަވާލުކޮށް އޭނާ އެ މަގާމަށް ވަނީ އައްޔަންކޮށްފަ އެވެ.

އީީސީގެ މެންބަރު ކަމުގެ މަގާމް ހުސްވެފައިވަނީ އެ މަގާމްގައި ކުރިން ހުންނެވި މުހައްމަދު ޝަކީލް އިސްތިއުފާ ދެއްވުމުން ނެވެ. އަލީ ނަޝާތަކީ އެ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމް އަދާ ކުރައްވަމުން ގެންދެވި ބޭފުޅެކެވެ.