ހަބަރު

އަންހެން ފުލުހަކަށް އިސް ފުލުހަކު ބަރަހަނާ ފޮޓޯ ފޮނުވި މައްސަލައެއް ބަލަނީ

އިސް މަގާމެއްގައި ހުރި ފިރިހެން ފުލުހަކު، އަންހެން ފުލުހަކަށް ބަރަހަނާ ފޮޓޯއެއް ފޮނުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ، ފިރިހެން ފުލުހަކު އަންހެން ފުލުހަކަށް ބަރަހަނާ ފޮޓޯ ފޮނުވި ކަމުގެ ޝަކުވާ ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު ތަފްސީލް ދެވެން ނެތް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި ފުލުހުންގެ ހިއުމަން ރިސޯސްގައި މަސައްކަތް ކުރާ ސީނިއާ ފިރިހެން ފުލުސް މީހާގެ ބަރަހަނާ ފޮޓޯ ފޮނުވާފައިވަނީ އަލަށް ފުލުހުންގެ ވަޒީފާއަށް ނިކުތް އަންހެން ކުއްޖަކަށެވެ. ފިރިހެން ފުލުސް މީހާ އެ އަަންހެން ފުލުހަށް ފޮނުވި މެސެޖްތަކާއި ފޮޓޯ ހިމެނޭ ޗެޓް ލޮގްތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.