އިލެކްޝަންސް ކޮމިޝަން

ނޭނގި ޕާޓީއަށް ވެއްދި ކަމަށް ބުނެ 300 ޝަކުވާ

އިންތިހާބެއްގައި އީސީގެ އޮފިޝަލަކު ވޯޓާސް ލިސްޓް ޗެކް ކުރަނީ -- ފޮޓޯ: އަވަސް
0%
0%
0%

މީހުންނަށް ނޭނގި އެ މީހުން ސިޔާސީ ޕާޓީތަކުގެ މެންބަރުންނަށް ހަދާފައިވާ ކަމަށް ބުނާ 300 މައްސަލަ ފާއިތުވި ހަމަސް ތެރޭ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ އޮފިޝަލަކު މިއަދު އަވަސްއާ ވާހަކަދައްކަވަމުން ވިދާޅުވީ ފާއިތުވި ހަމަސް ދުވަހުގެ ތެރޭގައި ލިބުނު 300 ޝަކުވާއަކީ އީސީގެ ޕޯޓަލްގެ ތެރެއިން ލިބިފައިވާ ޝަކުވާތަކެއް ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި އީސީއަށް ހުށަހަޅާފައިވާ ބައެއް ޝަކުވާތަކުގައި ޖިނާއީ ކުށްތަކެއް ހިމެނޭ ކަމަށް ފެންނާތީ އެފަދަ ބައެއް ޝަކުވާތަކާ ގުޅޭ މައްސަލަތައް ފުލުހުންވެސް ބަލާފައިވާ ކަމަށެވެ.

"ފުލުހުންގެ ތަހުގީގަށްފަހު އީސީ އިން ވާނެ އެ މައްސަލަތައް ހައްލުކުރަން ފިޔަވަޅުތަކެއްވެސް އަޅާފައި،" އޭނާ ވިދާޅުވި އެވެ.

މީހުންނަށް ނޭނގި އެ މީހުން ވެރިކަން ކުރާ ޕާޓީ -- ޕީއެންސީއަށް ވެއްދި މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް ޕީއެންސީ އިން ގެންދަނީ އެފަދަ ތުހުމަތުތައް ދޮގު ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910