ވިޔަފާރި

މެލޭޝިޔާގެ ފިހާރަތަކުން ވިޔަފާރި ކުރުމުގެ ހިދުމަތް، ލެކިއުޓް އިން ހުޅުވާލަނީ

Jul 30, 2018

މެލޭޝިއާއަކީ ދިވެހިން ދެވަނަ "ވަޒަނެވެ" އެހެންވެ އެ ގައުމަށް ދިވެހިން ވަރަށް ފަރިތަ އެވެ. މެލޭޝިއާ ވެގެންދަނީ ދިވެހިން އެންމެ ގިނަ އިން ވިޔަފާރި ކުރާ އެއް ގައުމަށެވެ. ނަމަވެސް، މެލޭޝިއާގެ ޗާލު ޕްރޮޑަކްޓްތައް ރާއްޖޭގައި ތިބެ ފަސޭހަކަމާއެކު މިހާތަނަށް ލިބިފައެއް ނުވެ އެވެ. ނަމަވެސް ލެކިއުޓުން މުޅިން އަލަށް ފެށި "ކޭއެލް- ޑައިރެކްޓް ޝޮޕިން" ގެ ސަބަބުން މި ދުރުކަން މިވަނީ ގާތް ކޮށްދީފަ އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސެންޓް ވިޔަފާރިކުރާ ލެކިއުޓުގެ 28 އަހަރު ތަޖުރިބާއާއެކު ފެށި މި ހިދުމަތާއެކު އިތުރު ގިނަ ފަސޭހަތަކެއް ވަނީ ލިބިގެން ގޮސްފަ އެވެ.

"ލެކިއުޓް ގެ އުއްމީދަކީ މި އާ ހިދުމަތަކީ ވެސް ރާއްޖެއަށް ބޭނުންތެރި އަދި ކަސްޓަމަރުން ބަލައިގަންނާނެ ހިދުމަތަކަށްވުން. ރާއްޖޭގައި ހުރެގެން ފަސޭހަ ކަމާއިއެކު ކޮލިޓީ ތަކެތި ގަނެވުމަކީ ކަސްޓަމަރުންނަށް ލިބިގެންދާ ލުއިފަސޭހައެއް ކަމުގައިވުން،" ލެކިއުޓުން ބުނެފައިވެ އެވެ.

ލެކިއުޓުން ބުނީ ސްޓަމަރުން ވިޔަފާރި ކުރުމަށް އެންމެ މަގުބޫލް އެއް ޤައުމު ކަމުގައިވާ މެލޭޝިޔާ ގެ ފިހާރަތަކުން ބޭނުން އެއްޗެއް، ގޭގަ ހުރެގެން ގަތުމުގެ ފަސޭހަކަން ކޭ.އެލް ޑައިރެކްޓް ޙިދުމަތުން ލިބިގެންދާނެ ކަމަށެވެ. ކަސްޓަމަރުން ބޭނުން ވަގުތަކު، މެލޭޝިޔާގެ އޮންލައިން ފިހާރަތައް ބްރައުޒްކޮށް ބޭނުން އެއްޗެއްގެ ލިންކް ފޮނުވާލީމަ، ޕްރީ-އޯޑާ ގެ ދަށުން އެ ތަކެތި ގެނެސްދެވޭނެ ކަމަށެވެ.

މި ހިދުމަތުގެ ދަށުން، ބޭނުން އެތައް ފިހާރަ އަކުން އެއްފަހަރާ ވިޔަފާރިކޮށްލެވޭ، އަދި ގެއާ ހަމައަށް ރައްކާތެރިކަމާ އެކީ ލެކިއުޓް އިން ފޯރުކޮށްދޭނެ އެވެ. އަދި ވިޔަފާރި ކުރުން ވަރަށްވެސް ފަސޭހަ. ބޭނުންވާ ޕްރޮޑަކްޓެއްގެ ލިންކް ނުވަތަ ފޮޓޯ ވައިބާ ވަޓްސްއެޕް، ފޭސްބްކް، އިންސްޓާގްރާމް އަދި ޓްވިޓާ ނުވަތަ ލެކިއުޓް ގެ ކަސްޓަމާ ސާވިސަސް ހޮޓްލައިން 7696699 އަށް ފޮނުވާލުމުން މި ހިދުމަތް ލިބޭނެ އެވެ.

ލެކިއުޓް ވެބްސައިޓް

ދެން އޮތް ސުވާލަކީ ކޭއެލް ޝޮޕިންއިން ލިބޭނީ ކޮން އުފެއްދުންތަކެއް ހެއްޔެވެ؟ ކޭއެލް ޑިރެކްޓް މެދުވެރިކޮށް ބޭނުން ކޮންމެ އެއްޗެއް ވެސް ގެނައުމުގެ ފުރުސަތު ލިބޭނެ އެވެ. އެގޮތުން ގޭތެރެއަށް ބޭނުންވާ ސާމާނާއ ރީތިވާ ތަކެތި އަދި ސެންޓުގެ އިތުރުން ހެދުމާއި އަދިވެސް ބޭނުން ކޮންމެ ކެޓަގަރީ އެއްގެ ޕްރޮޑަކްޓެއް ވެސް ގެނެސްދޭނެ އެވެ.

ލެކިއުޓް ފޭސްބުކް

އަނެއް ސުވާލަކީ މި ގަންނަ ތަކެތި ލިބޭނީ ކިހާ ދުވަހަކުން ހެއްޔެވެ؟ ޕްރީ-އޯޑާ ހިދުމަތް މެދުވެރިކޮށް ގަންނަތަކެތި ދޭ ނުވަތަ
ހަތަރު ހަތަރު ހަފްތާ ތެރޭ ކަސްޓަމަރުންގެ އަތަށް ލިބޭނެ އެވެ. އަދި ފައިސާ ދެއްކުމުގާ ވެސް ރައްކާތެރިކަން ލެކިއުޓް އިން ޔަގީންކޮށްދޭނެ އެވެ.