ރާއްޖެ ކުޅިވަރު

ނިއުކާސަލް އިން ޝައުގުވެރިވާ ކޯޗުންގެ ތެރޭގައި ވިއޭރާ

ނިއުކާސަލް ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް އެ ކްލަބުން ޝޯޓްލިސްޓްކޮށްފައިވާ ހަތަރު ކޯޗުންގެ ތެރޭގައި އާސެނަލްގެ ކުރީގެ ކެޕްޓަން ޕެޓްރިކް ވިއޭރާ ހިމަނާފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.

 ޔުވެންޓަސް އާއި މެންޗެސްޓާ ސިޓީ އަށް ކުރިން ކުޅުނު ވިއޭރާ އަކީ މިހާރު ސިޓީގެ 21 އަހަރުން ދަށުގެ ޓީމުގެ ކޯޗެވެ. ޕްރިމިއާ ލީގުގައި ކޯޗުކުރަން ވިއޭރާ ބޭނުންވާ ކަމަށްވެ އެވެ.

 ޝޯޓްލިސްޓްގައި ހިމެނޭ ކޯޗުންނާ މި ހަފުތާގެ ތެރޭގައި ނިއުކާސަލް އިން އިންޓަވިއުކުރާނެ އެވެ. ވިއޭރާ ނިއުކާސަލްގެ ކޯޗަކަށް ހަމަޖައްސައިފި ނަމަ، ވިއޭރާ ،38، ވާނީ މިހާރު ޕްރިމިއާ ލީގުގައި ހަތަރު ވަނަ އަށް އެންމެ ޒުވާން ކޯޗަށެވެ.

އާސެނަލްގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި ވިއޭރާ ވަނީ އެ ކްލަބާއެކު ޕްރިމިއާ ލީގު ތިން ފަހަރު، އަދި އެފްއޭ ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ. އާސެނަލް ދޫކޮށް ވިއޭރާ ޔުވެންޓަސް އަށް ބަދަލިވީ 2005 ވަނަ އަހަރެވެ. ދެހާސް ދިހަ ވަނަ އަހަރު ސިޓީ އަށް ބަދަލުވެ، އެ ކްލަބާއެކު ވިއޭރާ ވަނީ އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

ނިއުކާސަލް އިން ޝޯޓްލިސްޓްކޮށްފައިވާ ހަތަރު ކޯޗުންގެ ތެރޭގައި އިންގްލެންޑްގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ސްޓީވް މިކްލެރަން ވެސް ހިމެނެ އެވެ.

އަލަން ޕާޑިއު މި އަހަރު ނިއުކާސަލްގެ ކޯޗުކަމުން ވަކިވި ފަހުން، ނިއުކާސަލް އިން ދާއިމީ ކޯޗެއް ހަމަޖެއްނުޖައްސަ އެވެ. މި ސީޒަންގެ ބާކީ އޮތް ބައިގައި ވަގުތީ ގޮތުން އެ ޓީމުގެ ކޯޗުކަން ކުރީ ޖޯން ކާވާ އެވެ.