ރާއްޖޭގެ އެންމެ ގިނަ ގެސްޓްހައުސް ހުންނަ އެއް ރަށް ކަމަށްވާ، ކ. މާފުށީގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަަނަލް ކޮންފަރެންސެއް ފަށައިފި އެވެ.
ސައުތު އޭޝިއަން ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓާސް ކައުންސިލް (އެސްއޭޓީސީ) ގައި ހިމެނޭ ހަތް ގައުމުގެ މެންބަރުނާއެކު ކުރިއަށްދާ މި ކޮންފަރެންސު ދެ ދުވަހަށް ކުރިއަށްދާނެ އެވެ. މި ބައްދަލުވުން ކުރިއަށް ދަނީ މީ ޓިންތަކާއި އެގްޒިބީޝަންތައް ބޭއްވޭ ގޮތަށް (މައިސް ޓޫރިޒަމް) އިވެންޓުތަކަށް ހާއްސަކޮށް މާފުށީގައި ހުޅުވި ކާނި ގްރޭންޑުގަ އެވެ. މި އަހަރު މާޗް މަހު ހުޅުވި ކާނި ގްރޭންޑުގައި މި ކޮންފަރެންސް އިންތިޒާމު ކުރަނީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިންނެވެ.
އެސްއޭޓީސީ މީޓިން ބާއްވާ ކާނި ހޮޓެލްސްގެ ޗެއާމަން އަބްދުﷲ ނަޝީދު ވިދާޅުވީ މި ފަދަ ކޮންފަރެންސެއް މާފުށީގައި ބޭއްވުމަކީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ފުޅާވިވަރު ދައްކުގައިދޭ ކަމެއް ކަމަށެވެ
"އަޅުގަނޑުމެން މީޓިން ފެސިލިޓީ ހެދިފަހުން އިންޑިއާއިން ވެސް ގުޅައި މީޓިންތައް ބާއްވަން ބޭނުންވާ ކަމަށް ބުނި. މީގެ ސަބަބުން މާފުއްޓަށް ވެސް ފައިދާ ތަކެއް ކުރާނެ. މުޅިން އަލަށް މިފަދަ އިންޓަނޭޝަނަލް ކޮންފަރެންސްތައް ބާއްވަން ފެށުމަކީ ހާއްސަ ކަމެއް،" އަބްދުﷲ ވިދާޅުވި އެވެ.
ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރީގައި އެންމެ ބޮޑަށް އިންވެސްޓްކޮށްފައިވާ ކާނި ހޮޓަލުން ހަތަރު ގެސްޓްހައުސްއެއް ހިންގާއިރު، އެ ކުންފުނީގެ ކޮޓަރީގެ އަދަދު 220 އަށް އަހަރެ އެވެ.