ޓްރެވަލް ސާޗް އިންޖިން އަދި ބުކިން ސައިޓް، ކަޔަކް ޓްރެވަލް އެވޯޑު ރާއްޖޭގެ ކްރިސްޓަލް ސޭންޑްސްއަށް ލިބިއްޖެ އެވެ.
މާފުށީގައި ގެސްޓްހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކްރިސްޓަލް ސޭންޑްސް އަށް ލިބިފައިވަނީ ކަޔަކް ޓްރެވަލް އެވޯޑް 2019 އެވެ. މި އެވޯޑު ދެނީ ގެސްޓްހައުސް އިން ހިދުމަތް ހޯދާ މީހުންގެ ހިޔާލަށް ބެލުމަށްފަހު އެވެ.
އެމެރިކާގެ ކަޔަކް ކުންފުންޏަކީ 18 ބަހުން އޮންލައިން ބުކިން ހިދުމަތް ދޭ ސައިޓެކެވެ.
ކްރިސްޓަލް ސޭންޑްސް އަށް މީގެ ކުރިން ވެސް ވަނީ މިފަދަ އެވޯޑުތަކެއް ލިބިފަ އެވެ. އެ ގެސްޓްހައުސްއަށް ކްރިސްޓަލް ސޭންޑްސް އަށް ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑުވެސް ލިބިފައިވެ އެވެ.