ރާއްޖެ ކުޅިވަރު

ގައުމީ ޓީމުގެ އާ ޖޯޒީ ލޯންޗްކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އާ ޖޯޒީ ރޭ ލޯންޗްކޮށްފި އެވެ.

އޮލިމްޕަހުގައި ރޭ އޮތް ހާއްސަ ރަސްމިއްޔާތެއްގައި ގައުމީ ޓީމުގެ އާ ޖޯޒީ ލޯންޗްކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރެވެ.

 ގައުމީ ޓީމުގެ އާ ޖޯޒީ އާއި ކިޓުތަކަކ ކުޅިވަރު ސާމާނު އުފައްދާ ސްޕެއިންގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ޖޯމާގެ ކިޓުތަކެކެވެ. ޖޯމާ އަކީ ޔޫރަޕްގައި ކުރިއަރަމުން އަންނަ ބްރޭންޑެކެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ޖޯމާއާ ދެމެދުވެވުނު އެއްބަސްވުމެއްގެ ދަށުން، ގައުމީ ޓީމުގެ ޖޯޒީ ފޯރުކޮށްދެނީ ސީދާ ޖޯމާ ކުންފުނިންނެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ހޯމް ކިޓަކީ އާންމުކޮށް ރާއްޖޭން ބޭނުންކުރާ ރަތްކުލަ އެވެ. އެ ކިޓުގައި ދެން ހިމެނެނީ ހުދު ކުލައިގެ ފަށްތަކެކެވެ. އަވޭ ޖޯޒީގައި ނޫކުލަ، އަދި ހުދު ކުލައިގެ ފަށްތަކެކެވެ. މީގެ އިތުރުން ޓްރެވަލް ކިޓާއި ޕްރެކްޓިސް ކިޓާއި ހޮޓެލް ވެއާ އަދި އޮފިޝަލުންގެ ކިޓު ވެސް ރޭގެ ރަސްމިއްޔާތުގައި ވަނީ ދައްކާލައިފަ އެވެ.

މިއީ ކުޅިވަރުގެ ސާމާނު ބައިނަލްއަގުވާމީ ކުންފުންޏަކުން ގައުމީ ޓީމުގެ ކިޓް ޕާޓްނަރަކަށްވި ފުރަތަމަ ފަހަރެެވެ.