ހަބަރު

ކެމްޕެއިނުގައި އިބޫ ތ. އާއި ލ. އަތޮޅަށް

Aug 5, 2018
2

ކެމްޕޭން ކުރެއްވުމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ތ. އަތޮޅަށާއި ލ. އަތޮޅަށް ފުރާ ވަޑައިގެންފި އެވެ.

މިއަދު ހެނދުނު އިބޫ ވަނީ ތ. އަތޮޅު ތިމަރަފުއްޓަށް ވަޑައިގެންފަ އެވެ. އެރަށުން ވަނީ އިބޫއަށް މަރުހަބާ ކިޔާފައިވާއިރު މި ދަތުރުގައި އެ އަތޮޅު އިތުރު ރަށްތަކަށް ވަޑައިގަތުމަށް ފަހު ދެން ވަޑައިގަންވަނީ ލ. އަތޮޅަށެވެ.

މިދިޔަމަހު ފަހުކޮޅު އިބޫ ވަނީ ބ. އަތޮޅުގެ ރަށަކަށް ވަޑައިގެން ކެމްޕޭން ކުރައްވާފަ އެވެ.

އިބޫ ތ. އަތޮޅަށް ފުރާވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ރަނިންމޭޓް ފައިސަލް ނަސީމް ވަނީ ކެމްޕެއިނަށް މިއަދު ހެނދުނު ވ. އަތޮޅަށް ފުރާ ވަޑައިގެންފަ އެވެ.