ހަބަރު

ގައްދޫއިން އަމީތާއި އަބްދުﷲ ހައްޔަރުކޮށްފި

އިލެކްޝަން ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާމެދު ސުވާލު އުފައްދާފައިވާ ދެ މެންބަރުން ކަމަށްވާ މުހައްމަދު އަމީތާއި އަބްދުﷲ އަހުމަދު ހައްޔަރުކޮށްފި އެވެ. އެ ދެ ބޭފުޅުން ހައްޔަރުކުރީ ކެމްޕެއިންގައި އަމީތުގެ އުފަން ރަށް ގައްދޫއަށް ވަޑައިގެން ތިއްބަވައިނިކޮށެވެ.

ދާދިމެންއަކު އަމީތާއި އަބްދުﷲ ހައްޔަރުކުރި ސަބަބެއް ސާފެއް ނުވެ އެވެ.

އަމީތާއި އަބްދުﷲ އެ ރަށުން ހައްޔަރުކޮށްފައިވާއިރު މިހާރު ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ ގދ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.