ފިނިޕޭޖް

ހުކުރުގައި ޝުވެކަށް: "ދި މެގް"

Aug 8, 2018

ވޯނާ ބްރަދާސްއިން ގެނެސްދޭ ސައިންސް ފިކްޝަން ފިލްމު "ދި މެގް" އަންނަ ހުކުރު ދުވަހު ޝުވެކް ސިނަމާގައި ޕްރިމިއާކުރާނެ އެވެ.

ޝުވެކްގައި ދެއްކުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޝޯތަކުގެ ޓިކެޓް ބުކްކުރުމާއި ޓިކެޓް ވިއްކުން މިހާރު ވަނީ ފަށާފަ އެވެ. މާލެ އާއި ހުޅުމާލެ ޝުވެކްގައިވެސް މި ފިލްމުތައް ދައްކާނެ އެވެ.

ގާތްގަނޑަކަށް 800 ފޫޓުގެ ދިގުމިން ހުންނަ މިޔަރެއްގެ ސަބަބުން ކުރިމަތިވާ ކަންތައްތަކެއް ދައްކުވައިދޭ މި ފިލްމުގައި މުހިންމު ރޯލުތަކުން ޖޭސަން ސްޓޭތަމް، ލީ ބިންގްބިންގް، ރެއިން ވިލްސަން، ރޫބީ ރޯސް، ވިންސްޓަން ޗާއޯ، ކްލިފް ކާޓިސް، ޕޭޖް ކެނެޑީ އަދި ޖެނިފާ މެކްނަމީ ފެނިގެންދާނެ އެވެ.

"ދި މެގް" ގެ ޓްރެއިލާ.

މި ފިލްމަކީ ވާހަކަ ލިޔުންތެރިޔާ ސްޓީވެން އެލްޓަން 1997 ވަނަ އަހަރު ލިޔުނު ވާހަކަ "މެގް: އަ ޓޭލް އޮފް ޑީޕް ޓެރޯ" އަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ޑީން ޖޯގާރިސް، ޖޯން ހޫބާ އަދި އެރިކް ހޫބާގެ ސްކްރީންޕްލޭ ތައްޔާރުކުރި މި ފިލްމު ޑައިރެކްޓުކުރީ ޖޯން ޓާޓެލްޓޯބް އެވެ.