ހަބަރު

ޓޫރިސްޓުންނާ އެކު ދަތުރުކުރި ލޯންޗެއްގައި ރޯވެއްޖެ

Aug 8, 2018

ޓޫރިސްޓުން ގޮވައިގެން ދަތުރުކުރި ލޯންޗެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

ސިފައިން ބުނީ، މިއަދު ހެނދުނު 10:50 އެހާކަންހާއިރު ހިނގި ހާދިސާގައި އަލިފާން ރޯވީ ކ. ހުރާ ކައިރިން ދަތުރުކުރަމުން ދިޔަ "އޯކިޑް 40" ލޯންޗްގައި ކަމަށެވެ. އަދި އެ ލޯންޗްގައި އޭރު ޓޫރިސްޓުން ތިބި ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ލޯންޗްގެ އިންޖީނުގައި އަލިފާން ރޯވި ނަމަވެސް، ލޯންޗްގައި ތިބި އެއްވެސް ޓޫރިސްޓަކަށް ގެއްލުމެއް ނުލިބޭ ކަމަށް ވެސް އެމްއެންޑިއެފް އިން ބުންޏެވެ. އެމްއެންޑީއެފް އިން ބުނި ގޮތުގައި، ހުރިހާ ޓޫރިސްޓުން ސަލާމަތްކޮށްގެން މިހާރު ވަނީ ބަޑޮސް އައިލެންޑް ރިސޯޓަށް ގެންގޮސްފަ އވެެ.