ވިޔަފާރި

ކޫއްޑޫ މަސްވެރިންގެ މެރީނާ ރައީސް ހުޅުއްވައި ދެއްވައިފި

Aug 9, 2018

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހަދާފައިވާ މަސްވެރިންގެ މެރީނާ ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުވައިފި ދެއްވައިިފި އެވެ. ރައީސް އަބްދުﷲ ޔާމީން ގއ. އަދި ގދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މެރީނާ ހުޅުވައި ދެއްވީ ރައީސް އަބްދުﷲ ޔާމީންނެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މި ސަރުކާރުން މަސްވެރިކަށް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.

މަސްވެރިންނަށް ހިދުމަތްތައް ލިބޭ ގޮތަށް މަސްވެރިންގެ މެރީނާތައް ހެދުމަކީ މި ސަރުކާރުގެ މަސްވެރިކަމުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެވެ. މަސްވެރިކަމުގެ މެރީނާތައް ހަދާފައިވަނީ މަސްވެރިން ބޭނުންވާނެ ގިނަ ހިދުމަތްތަކާއެކުގަ އެވެ. މިގޮތުން މެރީނާތަކުގައި މަސްވެރިންނަށް ބޭނުންވާނެ ތަފާތު އެއްޗިހި ގަތުމާއި ކުލީ ކޮޓަރި ލިބެން ހުރުން ފަދަ ހިދުމަތް ތަކެއް ހިމެނެ އެވެ. މިފްކޯއިން މީގެ ކުރިން ވަނީ ފެލިވަރުގައިވެސް މެރީނާއެއް ހުޅުވާފަ އެވެ.