ދުނިޔެ

ތުރުކީގެ އިގްތިސާދު ފުނޑުފުނޑުކޮށްލަން އުޅޭ ކަމުގެ ތުހުމަތު އެކެރިކާއަށް

Aug 11, 2018

އަންކާރާ (އޯގަސްޓް 10) - އެމެރިކާ އިސްވެ އޮވެ، ތުރުކީގެ އިގްތިސާދު ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރާ ކަމަށް ރައީސް ރަޖަބު ތައްޔިބު އުރުދުޣާން ތުހުމަތު ކުރައްވައިފި އެވެ.

އުރުދުޣާން މިހެން ވިދާޅުވީ، ތުރުކީ އިން އެކްސްޕޯޓު ކުރާ ދަގަނޑާއި އެލުމީނިއަމް އިން ނަގާ ޓެކްސް ދެ ގުނައަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވުމާ ގުޅިގެންނެވެ.

އެމެރިކާގެ އެ ނިންމުމާއެކު، ތުރުކީ ލީރާގެ އަގު ވަނީ އެއް ދުވަސް ތެރޭގައި 14 ޕަސަންޓު ދަށަށް ގޮސްފަ އެވެ.

އެމެރިކާގެ މި ފިޔަވަޅަކީ، ޓެރަރިޒަމްގެ ތުހުމަތުގައި ދައުވާކޮށްފައިވާ އެމެރިކާގެ ފާދިރީއެއް ދޫކޮށްލުމަށް މަޖުބޫރު ކުރުމަށް ތުރުކީ އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

އިގްތިސާދީ ހަތުރުންނާއި ދެކޮޅަށް ގައުމީ ހަނގުރާމައަކަށް ނުކުމެ، އާންމުންގެ އަތުގައި ހުރި އެމެރިކާ ޑޮލަރާއި ރަން، ލީރާ އަށް ބަދަލުކުރުމަށް އުރުދުޣާން ވަނީ ހުކުރު ދުވަހު ރައްޔިތުންނަށް ގޮވާލާފަ އެވެ.