ހަބަރު

ސެޕްޓެމްބަރު 23 އަކީ ސަރުކާރު ބަންދު ދުވަހަކަށް ހަދަން ރައީސް ނިންމަވައިފި

ރިޔާސީ އިންތިހާބުގައި ވޯޓު ލުމަށް ކަނޑައަޅާފައިވާ ސެޕްޓެމްބަރު މަހު 23 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ހަދަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ މިއަދު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވާ ދުވަސް ކަމުގައިވާ 23 ސެޕްޓެމްބަރުވާ އަދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސް ޔާމީން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އޭގެ އަނެއް ދުވަހު ސަރުކާރު ހުޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި 23 ސެޕްޓެމްބަރު ސަރުކާރުން މި ހަމަޖެއްސީ އެ ދުވަސް ބަންދު ކުރަން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް، އެ މައްސަލަ އެ ކޯޓުން ބޭރުކޮށްފައި ވަނިކޮށެވެ.