ހަބަރު

ސައީދު އިބޫއަށް: ރޯކުރި ތަންތަނުގެ ބަދަލުދޭނީ ކިހިނެއް؟

ސިފައިންނާއި ފުލުހުންގެ ފްލެޓުތަކުގެ ވާހަކަ ނުދައްކައި 8 ފެބްރުއަރީ 2012 ގައި ދައުލަތުގެ ތަންތަނަށް ދިން ގެއްލުމުގެ ބަދަލުދޭނެ ގޮތުގެ ވާހަކަތައް އިދިކޮޅު ކޯލިޝަން ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ދެއްކުން މާ ބުއްދިވެރިކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ރޭ ދެއްވި އިންޓަވިއުއެއްގައި އިބޫ ވިދާޅުވީ ސިފައިންނާއި ފުލުހުންނަށް ފްލެޓު ދިނުމަށް ސަރުކާރުން މަސައްކަތް ކުރާތާ ފަސް އަހަރުވެފައިވާ ކަމަށާއި އެގޮތުން އެ މީހުންގެ އަތުން ދެ އަހަރުގެ އެޑްވާންސްއަށްވާ ފައިސާ މުސާރައިން ކަނޑާފައިވާ ކަމަށެވެ. ނަމަވެސް އަދިވެސް އެއިން އެއްވެސް ފްލެޓަކަށް އެއްވެސް ފުލުހަކު ނުވަތަ ސިފައިންގެ މީހަކަށް ވަދެވިފައި ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ.

ނަމަވެސް އިދިކޮޅުގެ ސަރުކާރެއް އިންތިހާބުވެއްޖެ ނަމަ ސިފައިންނަށާއި ފުލުހުންނަށް ފްލެޓު ދިނުމުގެ މަސައްކަތް ފަށާނެ ކަަމަށާއި ގިނަ ވެގެން އެއް އަހަރުގެ ތެރޭގައި އެ ފަރާތްތަކަށް އެ ފްލެޓުތަކަށް ވަދެވޭނެ ގޮތް ހަދާ ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"އިރާދަކުރެއްވީއަ އަޅުގަނޑުމެންގެ ވެރިކަމެއްގައި އެއް އަހަރުވާއިރު އެތަނުގެ ތެރެއަށް [ފުލުހުންނާއި ސަފައިންގެ] އާއިލާތަކަށް ވަދެ ދިރިއުޅެވޭނެ، މިހާރު ވެސް ފްލެޓު ލިބޭނެ ކަަމަށް ޔަަގީންކޮށްފައި ތިބި ފަރާތްތަކަށް ވަދެވޭނެ،" އިބޫ ވިދާޅުވި އެވެ.

އެވާޙަކަތަކަށް ރައްދު ދެއްވައި މިނިސްޓަރު ސައީދު ވިދާޅުވީ، ކުރީ ސަރުކާރުތަކަށް ކުރިއަށް ނުގެންދެވުނު ސިފައިންނާއި ފުލުހުންގެ ހައުސިން ޕްރޮގްރާމްގެ ކޮންޓްރެކްޓަރުންނަށް ސަރުކާރުން 200 މިލިއަން ރުފިޔާ ހޭދަކޮށް 14 ބުރީގެ ހަ އިމާރާތުގެ ތެރެއިން ހަތަރު އިމާރާތް މިއަހަރުގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

"އިންތިހާބުގެ މަގުބޫލުކަން ހޯދަން އެމްޑީޕީގެ އިބޫ ސިފައިންނާއި ފުލުހުންގެ ހައުސިންގެ ވާހަކަ ދެއްކުމަށްވުރެ 8 ފެބްރުއަރީގައި ރޯކޮށް ބިމަށް ތިރިކުރި ދައުލަތުގެ މުދަލަށް ބަދަލުދޭނެ ގޮތުގެ ވާހަކަ ދެއްކުން ބުއްދިވެރި،" ޝައީދު ވިދާޅުވި އެވެ.

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ ތައިލެންޑުގެ އައިލެންޑް އެކްސްޕާޓް ކުންފުންޏާ އެވެ. އެންމެ ފުރަތަމަ އެމަސައްކަތް އެހެން ކުންފުންޏަކާ ހަވާލު ކުރި ނަމަވެސް، އެކުންފުނިންވެސް މުއްދަތަށް ނުނިންމުމުން އެ މަސައްކަތް ވަނީ އަތުލައިފަ އެވެ. އަދި ފްލެޓްތައް ސިފައިންނަށް ހަވާލު ކުރަން ފުރަތަމަ ނިންމި މުއްދަތުގައި ހަވާލުވެސް ނުކުރެވުނެވެ.