ހަބަރު

ރައްޔިތުންނާ ބައްދަލު ކުރަން ފަސްޓް ލޭޑީ ބ. ދަރަވަންދުއަށް

Aug 13, 2018
މެޑަމް ފާތުން ދަރަވަންދޫއަށް ވަޑައިގަންނަވަނީ --
0%
0%
0%

ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމްގެ އަނބިކަނބަލުން މެޑަމް ފާތުމަތު އިބްރާހިމް ބ. ދަރަންދުއަށް ވަޑައިގެންފި އެވެ.

މެޑަމް ފާތުން ދަރަވަންދޫއަށް ވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެކަމަނާއާ އެކު ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ އެއާޕޯޓް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދިލް މޫސާ އަދި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމް ވެސް ވަޑައިގަތެވެ. އޭގެ އިތުރުން ބައެއް މަޖިލީސް މެންބަރުން ވެސް އެ ދަތުރުފުޅުގައި ބައިވެރިވި އެވެ.

އެކަމަނާ ވަނީ އެ ރަށުގެ ދުވަސްވީ މީހުންނާއި ކުޑަ ކުދިންނައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ބައްދަލު ކުރައްވާ ހާލު ބައްލަވައިފަ އެވެ.

މެޑަމް ފާތުން ދަރަވަންދޫގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތަކާ ބައްދަލު ކުރައްވަނީ --

މެޑަމް ފާތުން ދަރަވަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ އިރު ރައީސް ޔާމީން މިހާރު ގެންދަވަނީ މަޝްރޫއުތައް ފެއްޓެވުމަށް ތ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަމުންނެވެ. އަދި އެމަނިކުފާނުގެ ރަނިން މޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިހާރު ހުންނެވީ ކެމްޕެއިން ކުރެއްވުމަށް ފުވަމުލަކު ސިޓީގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345