ހަބަރު

ރައީސްގެ ދެކަނބަލުން އީދު ހަދިޔާ ބައްސަވަނީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ ފަރާތުން ފިތުރު އިދުގެ މުނާސަބަތުގައި ހަދިޔާ ބައްސަވަން ނިންމައިފި އެވެ.

ރައީސްގެ ދެ ކަނބަލުންގެ ފަރާތުން އީދު ހަދިޔާ ބެއްސެވުމަށްޓަކައި ހަދިޔާގައި ފިޔާތޮށި ކުލައިގެ ކަރުދާސް ތަތްކޮށް ހަދިޔާ ޕާރުސަލް ތައްޔާރު ކުރަމުން ގެންދަނީ މުލިޔާގޭގަ އެވެ. އަދި އެކަމުގައި ބައެއް މިނިސްޓަރުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންގެ އިތުރުން ސިޔާސީ އިސް ފަރާތްތައް ވެސް ހަރަކާތްތެރިވެވަޑައިގަންނަވަ އެވެ.

ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ކުރެއްވި ޓްވީޓެއް

ރައީސްގެ ދެކަނބަލުންނާ އީދު ސަލާން ކުރުން ވެސް މާދަމާ ހެނދުނު 9:00 އިން 10:00 އަކަށް އޮންނާނެ އެވެ. އީދު ހަދިޔާ ބެހުން އޮންނާނީ އީދު ސަލާން ކުރުމަށް ފަހުގަ އެވެ.