ހަބަރު

ފާތުން ރަސްމީ މަގާމެއް ބޭނުމެއް ނުވޭ، އަނބިމީހާގެ މަގާމު ފުދޭ: ރައީސް

ރައީސްގެ ދެކަނބަލުން: ރަސްމީ މަގާމެއް ބޭނުން ނުވާ ކަމަށް ވިދާޅުވި - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

އަނބިކަނބަލުން ފާތިމަތު އިބްރާހިމް ރަސްމީ މަގާމެއް ބޭނުން ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މ. މުލަކުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ބައެއް ބޭފުޅުން ހާއްސަކޮށް މުލަކުގެ ރައްޔިތުން އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ބޭނުން ވަނީ މެޑަމް ފާތުންކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އިހްތިޔާރު ކުރެއްވީ އެންމެ ގާބިލް ރަނިންމޭޓް ކަމަށެވެ.

މެޑަމް ފާތުން އަންހެނުންނާއި އެހެން ވެސް އިޖުތިމާއީ ހިދުމަތުގައި ރަސްމީ ހައިސިއްޔަތެއް ނެތް ނަމަވެސް ހުންނަވާ ކަމަށާއި އެކަން އެކަމަނާ ކުރައްވަނީ އެމަނިކުފާނު ވިދާޅުވެގެން ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު ބުނެގެނެއް ނޫން ނުކުމެގެން އެ އުޅެނީކީ އިޖުތިމާއީ އެތައް ބައިވަރު މަސައްކަތްތަކެއް ކުރާކަށް، އޭނައަށް އަމިއްލައަށް ފެނިގެން، އެކަމަކު އަޅުގަނޑު އެބަ ހިތްވަރު ދެން،" ރައީސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑު އަންހެނުންނެއް ރަސްމީ މަގާމެއް ބޭނުމެއް ނުވާނެ، ޕީޕީއެމްގެ ހައިސިއްޔަތެއް ބޭނުމެއް ނުވާނެ، އަޅުގަނޑުގެ އަންހެނުންގެ މަގާމު ލިބުނީމަ އޭނާއަށް ފުދޭ،"

ރައީސް ޔާމީން މިހެން ވިދާޅުވިއިރު އެމަނިކުފާނުގެ ރަނިންމޭޓަކަށް މެޑަމް ފާތުން ގެންނަން ބައެއް ޕީޕީއެމްގެ އާންމު މެންބަރުން ސޯޝަލް މީޑިއާގައި ކެމްޕެއިން ކޮށްފައިވެ އެވެ. އަދި މީގެކުރިން ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ޕާޓީގެ ރައީސްގެ މަގާމު އެކަމަނާއަށް ދޭން ތާއިދު ކުރައްވާފައިވެ އެވެ.

6 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345