ދުނިޔެ

އިޓަލީގެ ބްރިޖެއް ވެއްޓި 30 މީހުން މަރުވެއްޖެ

Aug 14, 2018

ޖެނޮއާ (އޯގަސްޓް 14) - އިޓަލީގެ ޖެނޯއާ ސިޓީގެ މޮޓޯވޭ ބްރިޖެއް މިއަދު ވެއްޓި މިހާތަނަށް 30 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

އެ ހާދިސާގެ ވީޑިއޯއެއް އާންމުވެފައިވާއިރު، އެ ސަސްޕެންޝަން ބްރިޖް ހިފަހައްޓަން ޖަހާފައިވާ ހުރި ޓަވަރުތަކުގެ ތެރެއިން ޓަވަރެއް ވެއްޓޭ މަންޒަރު ވީޑިއޯ އިން ފެނެ އެވެ. ބްރިޖު މަތީގައި އެވަގުތު ދުއްވި ބައެއް ވެހިކަލްތައް ބިން އޭގެ ދަށުގައި ހުރި ރޭލު ދަގަނޑު މައްޗަށް ވަނީ ވެއްޓިފަ އެވެ. މަންޒަރު ދުށް މީހުން ބުނި ގޮތުގައި ބްރިޖުން ބައެއް ވެއްޓުނު އިރު ޓްރެފިކުގެ ބޮޑު ކިޔޫއެއް ބްރިޖް މަތީގައި އޮތެވެ.

ވެއްޓުނު ބްރިޖަކީ 1960 ގެ އަހަރުތަކުގައި ހަދާފައިވާ ބްރިޖެއް ކަމަށްވެ އެވެ.

ބްރިޖުގެ ދަށުވެފައިވާ ތިބި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.