ހަބަރު

އެމްޑީޕީ ވެރިކަމަށް ގެންނަން ސިހުރު ހަދާކަމަށް ބުނެ އިތުރު ދެ މީހަކު ހައްޔަރުކޮށްފި

އެމްޑީޕީއަށް ވެރިކަން ހޯދައިދިނުމަށް ސިހުރު ހަދާކަމަށް ތުހުމަތުކޮށް ހދ. ކުޅުދުއްފުށިން އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ. އެމައްސަލާގައި ހައްޔަރު ކުރި މީހުންގެ އަދަދު މިވަނީ ހަތަރަކަށް އަރައިފަ އެވެ.

މި މައްސަލާގައި ކޯޓް އަމުރެއްގެ ދަށުން އެމީހުން ދިރިއުޅޭ ގެތަށް ބަލައި ފުރަތަމަ ދެ މީހުން ހައްޔަރު ކުރީ އިއްޔެ އިރުއޮއްސުނު ވަގުތު އެވެ. އިތުރު މީހަކު ރޭ ހައްޔަރުކުރި އިރު، އެންމެ ފަހު މީހާ ހައްޔަރު ކޮށްފައިވަނީ ރޭ ފަތިހު އެވެ.

މި މައްސަލާގައި ފުރަތަމަ ހައްޔަރުކުރި މީހުންގެ ތެރޭގައި ކުޅުދުއްފުށީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރު އިސްމާއިލް އިބްރާހީމާއި ސީނިއާ އެޑްމިން އޮފިސަރު ހުސެއިން އަލީ ހިމެނެ އެވެ.

މި މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތު ހިއްސާ ކުރެވެންނެތް ކަމަށް ފުލުހުން ބުންޏެވެ.