ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ ބާރު ދަމަހައްޓަން ހިތްވަރާއެކު މަސައްކަތް ކުރަން ޖެހިއްޖެ: ސޯލިހް

އެމްޑީޕީ އިން ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވާހަކަ ދައްކަވަނީ -- ފޮޓޯ: އަވަސް
100%
0%
0%

ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ދަމަހައްޓަން އާ ހިތްވަރަކާއެކު މަސައްކަތް ކުރަންޖެހިފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

"ގައުމުގެ އެންމެހާ ކަންކަމުގައި ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް ދެމެހެއްޓުމަކީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިއްމު އަސާސް ކަމުގަ ވީހިނދު މިއަދު މި ވަނީ މި މަސައްކަތް އާ ހިތްވަރަކާއެކު ކުރަންޖެހިފަ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވިއިރު ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެ ޑިމޮކްރެޓިކް ނިޒާމު ފުނޑާލަމުންދާ ކަމަށް އިދިކޮޅު އެމްޑީޕީ އިން ދަނީ ބުނަމުންނެވެ.

އެ ގޮތުން މިދިޔަ އޮކްޓޫބަރު މަހު އެމްޑީޕީ އިން ކުޅުދުއްފުށީގައި ބޭއްވި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ރައީސް ސޯލިހް ވަނީ ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑާލުމަށްފަހު މިސަރުކާރު މިސްރާބު ޖަހާފައިވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345