ހަބަރު

އީދު ބަންދުގައި ސައި ހޮޓޯތައް ދަންވަރު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

އީދު ބަންދުގައި ކެފޭތަކާއި ރެސްޓޯރެންޓްތައް އަދި ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރު ކުރަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން ބުނީ، މިމަހު 18 އިން ފެށިގެން 31ގެ ނިޔަލަށް ސައި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ކެންޓީން އަދި ކެފެޓީރިއާ މެންދަމު 1:00 ވަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި ފިހާރަތައް ރޭގަނޑު 11:00 އަށް ހުޅުވާފައި ބެހެއްޓޭ ގޮތަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެ ބަދަލު ގެނައި ބޮޑު އީދުގެ ބަންދާ އެކު ގިނަ ވަގުތު މީހުން ހޭލާ އުޅޭނެތީ އާއި ވިޔަފާރި ކުރުން ފަދަ ކަންކަމަށް ހޭދަކުރާ ވަގުތު އިތުރުވާނެތީ އާންމުންނަށް ލުޔެއް ދިނުމެއް ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތައް ހުޅުވާފައި ހުންނަ ވަގުތުތަކަށް ބަދަލު ގެނެސްފައިވާއިރު، އަންނަ އާތިއްދަ ދުވަސްވެސް ވަނީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފަ އެވެ.

މިއަހަރުގެ ބޮޑު އީދު ދުވަހަކީ މިމަހުގެ 21ވާ އަންގާރަ ދުވަހެވެ.