ހަބަރު

ހާސްނުވޭ! އީދަށް ވިއްސާރަ އަލިވާނެ

Aug 19, 2018

ކުރިއަށް އޮތް ބޮޑު އީދަށް މޫސުން ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ، މިއަދު މޫސުން ގޯސް ނަމަވެސް މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށެވެ. އަދި އީދު ދުވަހު މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ބުންޏެވެ.

މެޓުން ބުނީ، މެދު ރާއްޖެތެރެއާ އުތުރަށް އީދުގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރި ނަމަވެސް އާދައިގެ ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ބުންޏެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ މާދަމާ އެވެ. އަދި ބޮޑު އީދު ދުވަހަކީ އަންނަ އަންގާރަ ދުވަހެވެ.