މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ: މެޓް

ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ހާމަކޮށްފި އެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ބުނީ ވައިޖެހޭނީ ގަޑިއަކު 15 މޭލު ބާރުމިނުގައި ކަމަށެވެ.

އީދު ބަންދުގައި މޫސުން އާންމުކޮށް ރަނގަޅުވި ނަމަވެސް ދޭތެރެއަކުން ކެރީގެ އަސަރު ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެ އެވެ.

އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެފައިވާއިރު އީދު ބަންދަށް ރަށްރަށަށް ދިއުމަށް ގިނަ ބަޔަކު އަންނަނީ ތައްޔާރުވަމުންނެވެ.

އެ ގޮތުން ކަނޑުމަގުންނާއި ވައިގެ މަގުން ދަތުރުކުރާ އުޅަނދުތަކުގެ ޖާގަ ވަނީ ފުރިފަ އެވެ.