ވިޔަފާރި

މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕްގެ ޕޯސްޓަރު ވަރަށް ދިވެހިވަންތަ

Aug 26, 2018

ދިވެހި ލިބާހެއްލާފައި ބަނޑިޔާ ކިހިލި ޖަހާލައިގެން ނަގާފައިވާ ފޮޓޯއެއް ފެނިއްޖެނަމަ އެ ވާނީ ދިވެހިންގެ ވިންދާ ކުޅެލާނެ ފޮޓޯ އަކަށެވެ. ނޫނީ ތަސްވީރަކަށެވެ. އެކަމަކު މި ފަހަރު ކިހިލީގައި ޖަހާލައިގެން ތިޔަ ފެންނަނީ ބަނޑިއާއެއް ނޫނެވެ. އަންހެން ކުއްޖާ ދިވެހި ލިބާހުގައި ހުއްޓަސް ކިހިލީގައި ޖަހާފައި އެވަނީ އޭރޯޕްރެސް އެވެ. އެރޯޕްރެސް ކޮފީ ހަދަން މެނުއަލީ ބޭނުންކުރާ އާލާތެކެވެ. މިޕޯސްޓަރު ތަފާތުވާ އެއް ސަަބަބަކީ މި އެވެ.

އާއްމުކޮށް ހުޅުވާލައިގެން މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންގޮސް ހޮވާފައިވާ މި ޕޯސްޓަރުން މި ފެންނަނީ ދިވެހިންގެ މިހާރުގެ ދިރިއުޅުމާ ކޮފީއާ ގުޅިފައިވާ މިންވަރު ކަމަށް ބުނެވިދާނެ އެވެ. ޕޯސްޓަރު ކުރަހާފައިވަނީ ދިވެހި ޒުވާނެކެވެ. ކޮންމެއަކަސް ދިރާގާއި ކޮފީ ލެބް ރޯސްޓާސް ގުޅިގެން ބާއްވާ "ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 - އަ ގެދަރިން ފޯ ކޮފީ ލަވާސް" އޮންނާނީ މަހުގެ ހަތް ވަނަ ދުވަހު ރަސްރަނި ބަގީޗާގަ އެވެ.

ކޮފީ ތައްޔާރު ކުރުމުގެ ހުނަރު ބައިނަލްއަގުވާމީ ދުނިޔެ އަށް ގެންގޮސްދޭނެ މި އިވެންޓަށް ހާއްސަ އިނާމުތަކެއްވެސް ލިބިގެންދާނެ އެވެ. އެއްމެ ފުރަތަމަ 2010 ގައި ލަންޑަން ގައި ފެށި މި މުބާރާތް ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގެ ތަފާތު ސިޓީއެއްގައި ބާއްވަ އެވެ. މި އަހަރު ސިޑްނީގައި ބާއްވާ މުބާރާތުގައި ތަފާތު 50 ގައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެ އެވެ. މި މުބާރާތުން އެއްވަނަ އަށް ހޮވޭ މީހަކަށް ދީރާގުގެ އެހީގައި ވޯލްލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާގެ ސިޑްނީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.

މި މުބާރާތުން އެއްވަނަ އަށް ހޮވޭ މީހަކަށް ދީރާގުގެ އެހީގައި ވޯލްލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާގެ ސިޑްނީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.