ހަބަރު

"ހިޔާ" ފްލެޓަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅައި 7000 ފްލެޓަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމުގެ މުއްދަތު އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ހައުސިން މިނިސްޓްރީ އިން ކުރި ނިންމާފައި ވަނީ ހިޔާ މަޝްރޫއަށް ކުރިމަތިލުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ ނިޔަަލަށް ބަންދު ކުރުމަށެވެ. ނަމަވެސް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއްދަތު އިތުރު ކުރުމަށް އާންމުންގެ ފަރާތުން އެތަށް ބަޔަކު އެދެމުން އަންނަ ކަމަށެވެ. އެހެންކަމުން ހިޔާއަށް ފޯމް ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް ހަމަވާ ގޮތަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ކުރެއްވި ޓްވީޓު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓު ހޯދުމަށް 11،752 ފޯމް ލިބިފައިވާ ކަމަށް މުއިއްޒު ކުރިން ވިދާޅުވި އެވެ. މަޝްރޫއުގެ ތެރެއިން އަމަލީ މަސްއްކަތް ފެށިފައި ވަނީ 9000 އަކަށް ފްލެޓު ކަމަށާއި ނަމަވެސް މުޅި މަޝްރޫއުގައި ދޭނެ ފްލެޓުތަކުގެ އަދަދު 11،000 އަށް ވުރެ ގިނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.