ރާއްޖޭގެ އެންމެ ދުވަސްވީއެއް ކުންފުނި ކަމަށްވާ އެލިޔާއަށް ބައި ގަރުނު ފުރުމާ ދިމާކޮށް ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިއަދު ހިންގައިފި އެވެ.
އެލިޔާގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ލޭ ހަދިޔާ ކޮށްފައިވެ އެވެ.
އަވަސް އަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ ވިދާޅުވީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ފަށާ މި ހަރަކާތް ކޮންމެ އަހަރަކު ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހޯދުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދީ، ފައިސޭހަ އިން ލޭ ލިބޭނެ އިންތިޒާމެއް ހަމަޖެއްސައި ދިނުން ކަމަށެވެ. އަދި މި ޕްރޮގްރާމް ކުރިއަށް ގެންދިނުމަށްޓަކައި ކުންފުނިތަކާއި އެހެނިހެން މުއައްސަސާތަކުން ވަރަށް ރަނގަޅު އެއްބާރުލުމެއް ލިބިފައިވާ ކަމަށް އެ އެލިޔާ އިން ބުނެފައިވެ އެވެ.