ލައިފްސްޓައިލް

ބްރިޖާ ގުޅުވައިގެން "އޮކްސިޖަން" އިން ހާއްސަ ބުއިމެއް!

Aug 30, 2018

ބްރިޖުގެ ވިއު ފެންނަ ހިސާބުގައި ބޮޑު ތަކުރުފާނު މަގުގައި ހިންގަމުން ގެންދާ އޮކްސިޖަން ރެސްޓޯރެންޓުން ބުރިޖާ ގުޅުވައިގެން ހާއްސަ ޑްރިންކެއް މިއަދު ނެރެފި އެވެ.

އޮކްސިޖަން އިން ބުނި ގޮތުގައި އެ ރެސްޓޯރެންޓުން ނެރެފައިވާ "ބްރިޖު ވިއު މޮކްޓޭލް" ގެ ނަމުގައި ޑްރިންކެއް ނެރުނީ، މިއީ ހާއްސަ ކަމަށްވާތީ ކަމަށެވެ.

"ހާއްސަ ރަހަތަކެއް ހިމެނޭ މީރު ބުއިމެއް މިއީ،" އޮފިޝަލް ވިދާޅުވި އެވެ.

"ސިނަމާލެ ބްރިޖް" ގެ ނަމުން ނަން ދީފައިވާ ބްރިޖު ހުޅުވާނީ މިރޭ ލޮނު ޒިޔާރަތް ކޮޅުގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތެއްގަ އެވެ. ހަވާއެރުމުގެ ހަރާކާތްތަކާއެކު ބާއްވާ މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ އެވެ.