ހަބަރު

ބްރިޖުގައި ފަސް ކައިވެންޏެއް ކޮށްފި

Aug 31, 2018
6

މާލެއާއި ހުޅުލެ ގުޅުވައިދެ، ސިނަމާލޭ ބްރިޖުގައި ފަސް ޖޯޑަކުން ކައިވެނިކޮށްފި އެވެ.

ކުލަގަދަ ހަފްލާއަކަށް ފަހު ރޭ ހުޅުވި ސިނަމާލޭ ބްރިޖުގައި ކައިވެނިކޮށްފައި ވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެ ފަސް ޖޯޑު ކައިވެނި ކުރުމަށް ބްރިޖު މަތި މިއަދު ވަނީ އެކަމާށް ހާއްސަކޮށް ޒީނަތްތެރިކޮށްލާފަ އެވެ. އަދި ގޮނޑިއާއި މޭޒު ޖަހާ، ފަސް ކައިވެނިކޮށްފައި ވަނީ އެއްފަހަރާއެވެ.

ބްރިޖުގައި ކައިވެނި ކުރުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ހުޅުވާލީ މިމަހުގެ ފަސް ވަނަ ދުވަހުގަ އެވެ. އެގޮތުން އަލަތު ކައިވެނި ކުރާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އޮންނަ އިރު ބްރިޖުގައި ކުރާ ކައިވެނީގެ ފޮޓޯ ނަގައިދިނުމާއި ޑެކޮރޭޝަން ފަދަ ހުރިހާ ހަރަދެއް ކުރާނީ ސަރުކާރުންނެވެ. ކުރިން އަންހެންމީހާއަށް ހެދުން ގަތުމަށް 15،000 ރުފިޔާ، ފިރިހެން މީހާ އަށް 7000 ރުފިޔާ ވެސް އޮތީ ސަރުކާރުން ދޭ ގޮތަށެވެ. ނަމަވެސް އެކަމަށް ކުރިމަތިލީ މީހުން އަދަދު ގިނަ ކަމުން ފަހުން އެ ހަަރަދުތައް އުނި ކުރީ އެވެ.

ސިނަމާލޭ ބްރިޖު ރަސްމީކޮށް ދަތުރުތަކަށް ހުޅުވަލަނީ އަންނަ ހަފްތާ ހުކުރު ދުވަހުގަ އެވެ.