ވިޔަފާރި

އެސްޓީއޯ އިން ރޯދަޔަށް ގެނައި ފިޔާ، އަލުވި، ބިސް މިއަދު ވިއްކަން ފަށަނީ

Jun 7, 2015

އެސްޓީއޯ އިން ރޯދަ މަހަށް ގެނައި ފިޔާ، އަލުވި، ބިސް މިއަދު ވިއްކަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ފިޔާ، އަލުވި އަދި ބިސް ރާއްޖެ ގެނެސް ވިއްކަން ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

"މި ބަލަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މި ބާވަތްތައް ވިއްކަން ފެށޭނެ ކަމަށް،" ޝަހީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން މިފަހަރު ވިއްކާ ބާވަތްތައް ވެސް އެކަށީގެންވާ އަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.

"ރަނގަޅު އަގެއްގައި މި ބާވަތްތައް ލިބެން ހުންނާނެ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯއިން މިދިޔަ އަހަރު ފިޔާ އަދި އަލުވި ބަސްތާއެއް ގަނޑުކޮށް ވިއްކާފައިވަނީ 225ރ. އަށެވެ. އަދި ބިސް ކޭހެއް ވިއްކީ 250ރ. އަށެވެ.