ވިޔަފާރި

ދިރާގުގެ ބައިވެރިވުމާއެކު އެންމެ ބޮޑު ކޮފީގެ "އީދު"އަށް ތައްޔާރު!

Sep 13, 2018
1

ކޮފީއަކީ ދިވެހިންގެ ވިންދާ ގުޅިގައިވާ އެއްޗެކެވެ. ކޮފީ ބުއިމުގައި ޒުވާނުންނެކޭ އެއްގޮތަށް ހުރިހާ އުމުރުފުރާއެއްގެ މީހުންގެ މެދުގައި ވެސް ގަދަ އެވެ. އެކަމަކު ކޮފީއަކީ އާޓެށް ކަން މީގެކުރިން ނޭނގެ އެވެ. ނަމަވެސް މިކަމުގައި ގިނަ އަދަދެއްގެ ޒުވާނުން މަސައްކަތް ކުރަމުންދެ އެވެ. އެހެންވެ، މި ހުނަރުތައް ދުނިޔެ އަށް ގެނެސް ދިނުމަށް މިދިޔަ އަހަރުން ފެށިގެން ދަނީ "މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް" ބާއްވަމުންނެވެ. މި އަހަރުގެ މި މުބާރާތް އޮތީ މާދަމާ ރަސްރަނި ބަގީޗާގަ އެވެ. "ދިރާގު މޯލްޑިވްސް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018" ގެ ނަމުގައި ބާއްވާ މި އިވެންޓު ވެގެން ދަނީ ކޮފީގެ އީދަކަށެވެ.

މި މުބާރާތް މިދިޔަ އަހަރުން ފެށިގެން ބާއްވަނީ ކޮފީ ލެބް ރޯސްޓާސް އިންނެވެ. މި އިވެންޓުގައި ކޮފީ ތައްޔާރު ކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ކެފޭ ތަކެއް ބައިވެރިވެއެވެ. މި އަހަރުގެ އިވެންޓުގައި މެރާކީ އާއި އަލްފް އަދި މޮޑުސް އޮޕަރެންޑީ ފަދަ ފަރާތްތަކުން ބައިވެރިވެ އެވެ.

ފޯރިގަދަ ގިނަ ހަރަކާތްތަކެއް

ދިރާގަކީ މި އިވެންޓުގެ މައި ސްޕޮންސާއެވެ. ދިރާގުން މި މުބާރާތުގައި ބައިވެރިވުމުގެ މައިގަނޑު އެއް ސަބަބަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ކުޑައިގެ ދަށުގައި ހިމެނޭ ޒުވާނުން ބާރުވެރިކޮށް، ފުރުސަތުތައް ތަނަވަސްކޮށްދޭން މަސައްކަތް ކުރުމެވެ. މި އިވެންޓް ރަސްރަނި މަގީޗާގެ ހިތްގައިމު މާހައުލުގައި ކުރިއަށް ދާއިރު، މިއުޒިކީ ގިނަ ހަރަކާތް ތަކެއް ވެސް ކުރިއަށްދާނެ އެވެ. މިގޮތުން ނިޝް އާއި މޫޝަން އަދި ޓީޖޭބީ އާއި މަންދީރާ ބޮޑުބެރު ގްރޫޕުގެ ފޯރިގަދަ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މީގެ އިތުރުން ކޮފީއިން ކުރެހުމުގެ ކުލަގަދަ ހަރަކާތްތަކެއް ވެސް ކުރިއަށްދާނެ އެވެ.

ކޮފީ ތައްޔާރު ކުރުމުގެ ހުނަރު ބައިނަލްއަގުވާމީ ދުނިޔެ އަށް ގެންގޮސްދޭނެ މި އިވެންޓަށް ހާއްސަ އިނާމުތަކެއްވެސް ލިބިގެންދާނެ އެވެ. އެއްމެ ފުރަތަމަ 2010 ގައި ލަންޑަން ގައި ފެށި މި މުބާރާތް ކޮންމެ އަހަރަކު ވެސް ތަފާތު ގައުމެއްގެ ތަފާތު ސިޓީއެއްގައި ބާއްވަ އެވެ. މި އަހަރު ސިޑްނީގައި ބާއްވާ މުބާރާތުގައި ތަފާތު 50 ގައުމެއްގެ ޗެމްޕިއަނުން ވާދަކުރާނެ އެވެ. މި މުބާރާތުން އެއްވަނަ އަށް ހޮވޭ މީހަކަށް ދީރާގުގެ އެހީގައި ވޯލްލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާގެ ސިޑްނީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ. މި މުބާރާތުން އެއްވަނަ އަށް ހޮވޭ މީހަކަށް ދީރާގުގެ އެހީގައި ވޯލްލްޑް އޭރޯޕްރެސް ޗެމްޕިއަންޝިޕް 2018 ގައި ވާދަކުރުމަށް އޮސްޓްރޭލިއާގެ ސިޑްނީ އަށް ދިޔުމުގެ ފުރުސަތު ލިބޭނެ އެވެ.

ކޮފީ އަށް ލޯބި ކުރަން ހެއްޔެވެ؟ އެހެން ކަމަށްވާނަމަ މާދަމާ މެންދުގެ 2:00 އިން ރޭގަނޑު 11 އަށް އޮންނަ މި ރަސްމިއްޔާތަށް ދާންވާނެ އެވެ.