ސާފް ސުޒުކީ ކަޕް

ބޫޓާން ބަލިކޮށް ބަންގާޅު މޮޅަކުން ފަށައިފި

ގުރޫޕް އޭ ގެ ދެ ވަނަ މެޗުގައި، ބޫޓާންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މުބާރާތް ބާއްވާ ގައުމު ބަންގުލަދޭޝްގެ ފެށުން ރަނގަޅު ކޮށްފި އެވެ.

މެޗު ފެށިގެން ތިން ވަނަ މިނެޓްގައި، ބަންގުލަދޭޝް ވަނީ ބޫޓާންގެ ގޯލް ހުޅުވާފަ އެވެ. އެ ޓީމުގެ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ ޓްޕޫ ބާމަން އެވެ. އެ ޕެނަލްޓީ އަކީ ނޭޕާޅްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެ ޓީމުގެ ޝެރިން ޑޯޖީ ބަންގުލަދޭޝްގެ ކުޅުންތެރިޔަކަށް، ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

އޭގެ ފަހުން ބަންގުލަދޭޝްގެ މަސޫކް މިއާ ޖޯނީއަށް ވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ކައުންޓަ އެޓޭކު ފުރުސަތެއްގައި ލިބުނު ބޯޅަ ހިފައިގެން ދުވެފައި އައިސް، ބޫޓާންގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ބޫޓާންގެ ކީޕަރު ޝެރިން ޑެންޑަޕް ވަނީ ދިފާއު ކޮށްފަ އެވެ.

ބޫޓާންގެ ނިމާ ވަންގުޑީއަށް ލިބުނު ނުރައްކާތެރި ބޯޅަވެސް ދިފާއު ކުރީ ބަންގުލަދޭޝްގެ ކީޕަރު ޝާހިދުލް އަލަމް ސޯހެލް އެވެ.

ބަނަގުލަދޭޝްގެ ދެ ވަނަ ލަނޑު، ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގައި ކާމިޔާބު ކުރީ، މަހުބޫރު ރަހްމާން އެވެ. އޭނާ ލަނޑު ޖެހިއިރު ބޫޓާންގެ ޑިފެންސަށް ތިބެވުނީ ރަނގަޅަށް ސަމާލު ވެގެންނެއް ނޫނެވެ. އޭރިއާގެ އަރިމަތިން އަރައި އޭޏނާ ވަނީ ބޫޓާންގެ ގޯލްގެ ދުރު ކަނަށް ބޯޅަ ވައްދާލާފަ އެވެ.

މުބާރާތުގައި، މާދަމާ ކުޅޭނީ އެންމެ މެޗެކެވެ. އެއީ ގުރޫޕް ބީ ގައި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި ލަންކާ އެވެ. އެ މެޗު ފަށާނީ ރާއްޖޭ ގަޑިން މާދާމާ ހަވީރު 6:00 ގަ އެވެ.