ހަބަރު

ކެމްޕޭންގައި އިބޫ ހއ. އަށް ވަޑައިގެންފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކެޕޭން ކުރެއްވުމަށް ހއ. އަށް މިއަދު ވަޑައިގެންފި އެވެ.

އީބޫއާއެކު އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިން ވެސް ހއ، އަށް ވަޑައިގެންފައި ވެއެވެ. ތިން ދުވަހުގެ މުއްދަތަކަށް އިބޫ ކުރައްވާ ދަތުރުގައި މި އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން އެރަށްރުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.

އެގޮތުން މިއަދު މިއަތޮޅުގެ ފަސް ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ. އެއީ މޮޅަދޫއާ ތުރާކުނާއި އުލިގަމާއި އިހަވަންދޫ އަދި ހޯރަފުއްޓަށެވެ. މާދަމާވެސް އިބޫ ފަސް ރަށަކަށް ވަޑައިގަންނަވާނެ އެވެ. މާދަމާ ތަކަންދޫއަށާއި މާރަންދޫއާ އުތީމަށާއި ކެލާ އަދި ދިއްދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ.

ހުކުރު ދުވަހު އަތޮޅު ހަތަރު ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިފައި ވެއެވެ. އެއީ ވަށަފަރާއި ބާރަށަށާއި ފިއްލަދޫ އަދި މުރައިދޫ އެވެ.

ޖުމްލަ 14 ރަށަކަށް ވަޑައިގަންނަވާއިރު އޭގެ ތެރެއިން ބައެއް ރަށްރަށުގައި އިދިކޮޅު ކޯލިޝަނުން ގާއިމް ކޮށްފައިވާ ހަރުގެތައް ހުޅުވައިދެއްވާނެ އެވެ. ހއ. ދަތުރު ނިންމާލެއްވުމަށްފަހު އިބޫ މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭގަ އެވެ.