ދުނިޔެ

ފަސިންޖަރުންތަކެއް ބަލިވުމުން އެމިރޭޓްސް ފްލައިޓެއް ކަރަންޓީނުކޮށްފި

Sep 6, 2018

ދުބާއީ އިން ނިއުޔޯކަށް ދަތުރުކުރި އެމިރޭޓްސް ފްލައިޓެއްގެ ގިނަ ފަސިންޖަރުންތަކެއް ބަލިވެގެން، މަތިންދާބޯޓު ކަރަންޓީނުކޮށް އެ ހާދިސާ ތަހުގީގު ކުރަން ފަށައިފި އެވެ.

ޖޭއެފްކޭ އެއާޕޯޓުގައި ބޯޓު ޖެއްސުމާއެކު، އެ ބޯޓުވަނީ ކަރަންޓީނުކޮށް، ފަރުވާ ބޭނުންވި 11 ފަސަންޖަރުން ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

އެމެރިކާގެ ސެންޓާ ފޮ ޑިޒީސް ކޮންޓްރޯލް (ސީޑީސީ) އިން ބުނީ، 521 ފަސަންޖަރުން ގޮވައިގެން ދަތުރުކުރި ބޯޓު ޖެއްސުމުގެ ކުރިން ގާތްގަނޑަކަށް 100 މީހުން ބަލިވެގެން ޝަކުވާކޮށްފައިވާ ކަމަށެވެ.

އެ ހާދިސާ މެދުވެރިވި ސީދާ ސަބަބެއް އަދި ހާމަކޮށްފައިނުވާއިރު، އޮފިޝަލުން ބުނީ ބޯޓުގައި ދަތުރުކުރި ގިނަ ފަސަންޖަރުންނަކީ ހައްޖުގެ އަޅުކަމަށްފަހު މައްކާއިން އެނބުރި އައި މީހުން ކަމުން ހައްޖު ރޯގާއަށް ޝައްކު ކުރެވޭކަމަށެވެ.