ވިޔަފާރި

ދިރާގު ފައިބަ ބްރޯޑް ބޭންޑުގެ ސްޕީޑާއި ފެއާ ޔޫސްއޭޖް އެލަވަންސް މަތިވެއްޖެ

Sep 6, 2018
5

ދިރާގުން ދެމުން ގެންދާ ފައިބް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތުގެ ސްޕީޑާއި ފެއާ ޔޫސްއޭޖް އެލަވަންސް އިތުރު ކޮށްފި އެވެ.

ދިރާގުން މި ގެނައި ބަދަލާއެކު، ހުރިހާ ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކެއްގެ ފެއާ ޔޫސްއޭޖް އެލަވަންސް ވަނީ ވަނީ އެއް އެމްބީޕީއެސް އަށް ބަދަލުވެފަ އެވެ. ދިރާގުން މި ބަދަލު ގެނެސްފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ދިރާގުން ދެމުން ގެންދާ ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތަކީ ގިނަ އަދަދެއްގެ ވިޔަފާރިތަކާއި އާއްމުން ބޭނުން ކުރަމުންގެންދާ ހިދުމަތެކެވެ. އެ ކުންފުނިން ވަނީ އިންޓަނެޓުގެ ހިދުމަތާއެކު މިދިޔަ އަހަރު ޓީވީގެ ހިދުމަތްވެސް ތައާރަފުކޮށްފަ އެވެ. މި ހިދުމަތުގެ ސަބަބުން އެ ކުންފުނީގެ ކަސްޓަމަރުންގެ އަދަދު ވަނީ އިތުރު ވެގެން ގޮސްފަ އެވެ.