ރާއްޖެ ކުޅިވަރު

އިމްރާންގެ ބަދަލުގައި ނިއު އަށް ސްޕެއިން ކީޕަރެއް

ސްޕެއިންގެ ގޯލްކީޕަރެއް ނިއު ރޭޑިއަންޓަށް ސޮއިކޮށްފި އެވެ.

ނިއުއާ ގުޅުނު ސްޕެއިންގެ ގޯލްކީޕަރު ޕެޑްރޯ މަރެންކޯ ،23، އަކީ ފިލިޕީންސްގެ ލީގު ޗެމްޕިއަން ސްޓެލިއޮން އެފްސީގެ ކުރީގެ ގޯލްކީޕަރެވެ. މަރެންކޯ ވަނީ ނިއުގެ ކުރީގެ ކޯޗު ސައިމަން މެކްމެނެމީގެ އިރުޝާދުގެ ދަށުން ފިލިޕީންސްގެ ލޮޔޯލާ މާސެލޯ ސްޕާކްސް އަށް ދާދި ފަހުން ކުޅެފަ އެވެ.

އިސްކޮޅުގައި ހަ ފޫޓު ހުންނަ މަރެންކޯ ނިއުގެ ފަރިތަކުރުންތައް އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމުގެ ކުރިން ނިއުއާ ގުޅޭނެ ކަމަށް އެ ކްލަބުން ބުނެ އެވެ.

ނިއު އިން މަރެންކޯ މި ގެނައީ ފާއިތުވި ތިން ސީޒަންގައި އެ ޓީމުގެ ގޯލް ބެލެހެއްޓި ރާއްޖޭގެ އެއްވަނަ ގޯލްކީޕަރު އިމްރާން މުހައްމަދު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ބަދަލުވުމާ ގުޅިގެންނެވެ.

މަރެންކޯގެ އިތުރުން ޒުވާން ގޯލްކީޕަރު މުހައްމަދު ޔަމާން ވެސް ވަނީ ނިއުއާ ގުޅިފަ އެވެ. މާޒިޔާ އިން ކެރިއަރު ފެށުމަށް ފަހު، ކްލަބް އީގަލްސް އާއި ބީޖީ ސްޕޯޓްސް އަދި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އަށް ޔަމާން ވަނީ ކުޅެފަ އެވެ.