ހަބަރު

އަލްހާން ފަހުމީ ޕީޕީއެމަށް ސޮއި ކުރައްވައިފި

Sep 7, 2018
8

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ މިރޭ ޕީޕީއެމާ ގުޅިވަޑައިގެންފި އެވެ.

އޭނާއަކީ ކުރިން ޑީއާރްޕީގައި ވެސް މަސައްކަތް ކުރެއްވި ސިޔާސީ ބޭފުޅެކެވެ. އޭނާ މިރޭ ޕީޕީއެމާ ގުޅިވަޑައިގެންނެވި އިރު ޕީޕީއެމާއި ރައީސް އަބްދުﷲ ޔާމީނަށް އޭނާ ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާތާ ދުވަސްތައް ވަނީ ވެފައެވެ.

ރައީސް މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ކުރިން ހުންނެވި އަލްހާން ދެވަނަ ފަހަރަށް އެމްޑީޕީއާ ގުޅުމުން ޕާޓީން ވަކިކޮށް އެ ޕާޓީގެ ފަރާތުން އެއްވެސް އިންތިހާބެއްގައި ބައިވެރިނުވެވޭ ގޮތަށް ހުންނެވީ ތިން އަހަރަށް ސަސްޕެންޑްކޮށްފަ އެވެ.

އަލްހާން މިރޭ ޕީޕީއެމާ ގުޅި ވަޑައިގެންނެވި އިރު ބައެއް އެހެން ފަރާތްތައް ވެސް ޕީޕީއެމާ ގުޅުނެވެ.