ވޯކް ވިސާގައި ތިބެ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީނާއި ރާއްޖެއަށް ޒިޔާރަތް ކުރާ ބިދޭސީން ރާއްޖޭގެ ސިޔާސީ ހަރަކާތެއްގައި ބައިވެރިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
ބަޔާނެއް މެދުވެރިކޮށް އިމިގްރޭޝަނުން ބުނީ އެފަދަ ފަރާތްތައް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން ވިސާގެ ޝަރުތު ތަކާއި ހިލާފު ކަމަށާއި ބައިވެރި ވެއްޖެ ނަމަ ފިޔަވަޅު އަޅައި ވިސާ ކެންސަލް ކޮށް، ރާއްޖެއިން ފުރުވާލާނެ ކަމަށެވެ.
އަދި ބިދޭސީ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަޖުބޫރު ކުރާނަމަ ވަޒީފާ ދިން ފަރާތާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް އެ ބަޔާނުގައި ވެއެވެ.