އަލިފާން

ކުޑަބަނޑޮހުގެ ޑައިވިން ސޫކޫލްގައި ރޯވެ މީހަކު ފިހިއްޖެ

Sep 8, 2018

މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގެ ޑައިވިން ސްކޫލުގައި އަލިފާން ރޯވެ ގެއްލުންތައް ވެއްޖެ އެވެ. މި ހާދިސާގައި މީހެއްގެ ހަށިގަނޑުގެ ބައެއް ފިހުނެވެ. އިތުރު ގެއްލުމެއް އޭނާއަކަށް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު ފަހު 1:30 އެހާކަންހާއިރު އެ ހާދިސާގެ މައުލޫމާތު ލިބިގެން އެ ރިސޯޓަށް ދިޔަ ކަމަށާއި އެ ރިސޯޓްގެ ޑައިވިން ސްކޫލުގައި ރޯވި އަލިފާންގަނޑު އެ ރިސޯޓުގެ ފަޔާ ސްކޮޑުން ކޮންޓްރޯލްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި މި ރިސޯޓުގެ މުވައްޒަފެއްގެ ހަށިގަނޑުގެ ބައެއް ފިހިފައިވާއިރު އިތުރު ފަރުވާއަށް އެމީހާ ވަނީ މާލެ ގެނެސްފަ އެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ.

މި އަލިފާނުގެ ޑައިވިން ސްކޫލުގެ ޝެޑް ސާމާނުތަކާއިއެކު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ.