ތޮއްޑޫ

ތޮއްޑޫ ވަގުފް ބިންތައް ކައުންސިލާ ހަވާލުކޮށްފި

Sep 10, 2018
1

އއ. ތޮއްޑޫގައި އިމާރާތް ކުރި ވަގުފް ބިންތައް އެ ރަށު ކައުންސިލާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއްއިޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ލާބަޔާއި މަންފާ ހުރި ކަންކަމަށް ބޭނުން ކުރުމަށް ތޮއްޑޫގައި ހުރި ވަގުފް ބިންތައް އެ ރަށު ކައުންސިލާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވައުދުފުޅެއް ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ކުރެއްވި ޓްވީޓު

މިދިޔަ ހަފްތާ ތެރޭގައި ތޮއްޑޫއަށް ވަޑައިގެން ރައީސް ޔާމީން ވިދާޅުވެފައި ވަނީއެ ރަށުގެ ވަގުފް ބިންތައް ރައްޔިތުންނަށް ދޫކުރުމަށް އެމަނިކުފާނު ނިންމާފައިވާ ކަމަށެވެ. އަދި ބިންތައް ރައްޔިތުންނަށް ހޯދައި ދެނީ ސަރުކާރުން ބަދަލުދީގެން ކަމަށާއި އެ ވަގުފް ބިންތަކަށް ރައްޔިތުން ބަދަލުދޭކަށް ނުޖެހޭނެ ކަމަށް ވިދާޅުވި ވިދާޅުވި އެވެ. އަދި ތޮއްޑޫއިން 80 ގޯތި ދޫކުރުމަށް ކައުންސިލަށް އަންގާފައިވާކަމަށް ވެސް ރައީސް ވިދާޅުވި އެވެ.