ރާއްޖެ ކުޅިވަރު

ގަތަރު މެޗުގެ ޓިކެޓު މާދަމާ ވިއްކަން ފަށަނީ

ވޯލްޑް ކަޕް ކޮލިފައިންގައި ދިވެހިރާއްޖެ އާއި ގަތަރު ބުރާސްފަތި ދުވަހުގެ ރޭ ބައްދަލުކުރާ މެޗުގެ ޓިކެޓު މާދަމާ ވިއްކަން ފަށާނެ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެފްއޭއެމް އިން ބުނީ މެޗުގެ ޓިކެޓު ގަލޮޅު ދަނޑުން ވިއްކަން ފަށާނީ މާދަމާ ހެނދުނު 10:00ގަ އެވެ. ގަތަރާއި ރާއްޖޭގެ މެޗުގެ ސިޑިބަރީގެ ޓިކެޓެއް ވިއްކަނީ 50ރ އަށެވެ. ގޮނޑިބަރީގެ ޓިކެޓު ވިއްކަނީ 100ރ. އާއި 150ރ. އެވެ.

އެފްއޭއެމް އިން ބުނީ އެންމެ ގިނަ ވެގެން މީހަކަށް ވިއްކަނީ ފަސް ޓިކެޓު ކަމަށެވެ.

ގުރޫޕް ސީގައި ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ގަތަރުގެ ޓީމު މިރޭ މާލެ އަންނާނެ އެވެ.

ގުރޫޕް ސީގައި ރާއްޖެ އާއި ގަތަރާއެކު ދެން އޮތީ ޗައިނާ އާއި ބޫޓާން އަދި ހޮންކޮންގެވެ. ރާއްޖެ ގުރޫޕްގައި ކުޅެންޖެހޭ ދެވަނަ މެޗުގައި މި މަހުގެ 17 ވަނަ ދުވަހު ނުކުންނާނީ ރަށުން ބޭރުގައި ނުކުންނާނީ ހޮންކޮންގްއާ ދެކޮޅަށެވެ.