ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސް އިން އަޅާ އެއާޕޯޓުގެ އަމަލީ މަސައްކަތް ކުރާ، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްފި އެވެ.
ރާއްޖޭގެ ޓޫރިޒަމްގެ އެއް ކުންފުނި ކަމަށްވާ ޗަމްޕާ ބްރަދާސް އިން މި އަހަރު އަލަށް ހުޅުވި ހުރަވަޅި މޯލްޑިވްސްގެ މޫދު އަޑީގެ ރެސްޓޯރެންޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ޗަމްޕާ ބްރަދާސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެއް ޑިރެކްޓަރެއް ކަމަށްވާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ. އަދި ބީޔޫސީޖީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިންޓަނޭޝަނަލް ރެޕް ޕްރެޒިޑެންޓް ލީ ދައުސަންގަ އެވެ.
މަޑިވަރުގައި އެއާޕޯޓެއް އަޅަން ސަރުކާރުން ހަވާލުކޮށްފައިވަނީ މި އަހަރުގެ މެއި މަހު އެވެ.މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ އެއް ޑިރެކްޓަރު ކަމަށްވާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ. އަދި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.
އެއާޕޯޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ޓޫރިޒަމްގެ ބާނީގެ ތެރޭގައި ހިމެނިވަޑައި ގަންނަވާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވީ އެއާޕޯޓު ތަަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ގައުމީ ވިސްނުމެއްގައި ކަމަށެވެ. އަދި މިއީ މުސްތަގުބަލަށް ދަރިންގެ ދަރިންނަށް ބަލާއިރު ފައިދާ ލިބިގެންދާނެ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރާއްޖޭގެ ޓޫރިޒަމްގެ ބާނީގެ ތެރޭގައި ހިމެނިވަޑައި ގަންނަވާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވީ އެއާޕޯޓު ތަަރައްގީ ކުރުމުގެ މަސައްކަތް ކުރަނީ ގައުމީ ވިސްނުމެއްގައި ކަމަށެވެ. އަދި މިއީ މުސްތަގުބަލަށް ދަރިންގެ ދަރިންނަށް ބަލާއިރު ފައިދާ ލިބިގެންދާނެ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
ކުރިން ސިފައިންގެ ޓްރެއިނިން މަރުކަޒެއް ހިންގި މަޑިވަރުގައި އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އިންވެސްޓްކުރާނެ އެވެ.