ވިޔަފާރި

ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓްރާންސްފޯމޭޝަންސްތަކުގެ ތެރޭގައި ދިރާގު

Sep 21, 2018
1

މި އަހަރުގެ ދުނިޔޭގެ އެންމެ މޮޅު ބްރޭންޑް ޓަރާންސްފޯމޭޝަންގެ އެވޯޑް، 2018 ރީބްރޭންޑް 100 ގްލޯބަލް އެވޯޑްސްގައި ދިރާގު ހިމެނިއްޖެ އެވެ. މިއީ މި ފަދަ ޝަރަފުވެރި ބައިނަލް އަގުވާމީ އެވޯޑެއް ދިވެހި ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

"ރީބްރޭޑް" އަކީ ދުނިޔޭގެ ބްރޭންޑް ޓްރާންސްފޯމޭޝަންތަކާއި ބެހޭގޮތުން ދިރާސާކުރާ އެންމެ ފުންނާބު އުސް ފަރާތެވެ. އެގޮތުން "ރީބްރޭޑް 100 ގްލޯބަލް އެވޯޑްސް" އަކީ "ރީބްރޭންޑް" އިން ދުނިޔޭގެ ބްރޭޑް ޓްރާންސްފޯމޭޝަންތަކުގެ މެދުގައި ބާއްވާ އެންމެ ޝަރަފުވެރި އެވޯޑެވެ.

މި އެވޯޑުގެ ޖަޖިން ޕެނަލް ގައި ހިމެނެނީ ކަމަށް ގާބިލު ބައިނަލްއަގުވާމީ އިންޑަސްޓްރީ އެކްސްޕަރޓުންނެވެ. އަދި މި ޕެނަލް އިން ވަނީ 42 ގައުމެއްގެ 37 އިންޑަސްޓްރީގެ ބްރޭންޑް ތަށް ދިރާސާ ކޮށްފަ އެވެ.

މި އަހަރުގެ ރީބްރޭޑް 100 ގްލޯބަލް އެވޯޑްސް އިން ބުނާގޮތުގައި، އެވޯޑް ދިނުމުގައި ބަލާފައިވާ މައިގަނޑު ކަންތައްތަކަކީ އެންމެ ފުރިހަމައަށް ބްރޭޑް ޓަރާންސްފޯމޭޝަންގެ ސްޓެރެޓެޖީތައް އެ ކުންފުންޔެއްގެ ސްޓްރެޓިޖިކް މަގުސަދާއި ކުންފުނީގެ އަމާޒާއި އެންމެ ގުޅޭ ގޮތަށް ކުރިއަށް ގެންގޮސްފައިވާ ވޭތޯ އެވެ.

ދިރާގުގެ ސީނިއަ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ މިއީ ބައިނަލް އަގުވާމީ ބްރޭންޑް ތަކަކާއި އެކު މިފަދަ އެވޯޑެއްގައި ދިވެހި ކުންފުންޔެއް ހިމެނި، ދިރާގުގެ ނަން ފަވާލެވިގެން ދިޔުމަކީ އަޅުގަނޑުމެންނަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި ޝަރަފެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ބްރޭންޑް އަށް ގެނެވުނު ބަދަލާއިއެކު ފާއިތު މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ކަސްޓަމަރުން ބްރޭންޑަށް މި ގެނައި ބަދަލު ބަލައިގަތް ކަމީ އަޅުގަނޑުމެން ވަރަށް އުފާ ކުރާ ކަމެއް. މި ގެނައި ބަދަލަކީ ހަމައެކަނި ކުންފުނީގެ ލޯގޯ އާއި ކުލައަށް ގެނައި ބަދަލެއް ނޫން، މިއައި ބަދަލާއިއެކު ކުންފުނިން ދޭ ހިދުމަތްތައް ކަމަށްވާ ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ފައިބަރ ބްރޯޑްބޭންޑް ފަދަ ހިދުމަތްތަކަށް ވަނީ އިންގިލާބީ ބަދަލުތައް ގެނެސްފައިއެވެ. މީގެ އިތުރުން އައިޕީ ޓީވީ އަދި މޯބައިލް މަނީ ގެ ހިދުމަތް ފަދަ އައު ޑިޖިޓަލް ހިދުމަތްތައް ވަނީ ތައާރަފުކޮށްފަ. މި ބަދަލަކީ ކުންފުނީގެ ސްޓްރެޓިޖިކް މަގުސަދާއި އަމާޒަށް ފެތޭގޮތަށް ގެނައި ބަދަލެއް. މި އައު ބްރޭންޑިންގ އިން ހާމަ ވެގެން ގޮސްފައިވަނީ ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު، ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއްކަން،" ދިރާގުން ބުނެފައިވެ އެވެ.

ދިރާގުން ވަނީ މި ދިޔަ އަހަރު މޭ 24 ވަނަ ދުވަހު ކުންފުނީގެ މައިގަނޑު ކުލައަކަށް އޮރެންޖް ހިޔާރުކޮށް މުޅިން އާ ލޯގޯއެއް ތައާރަފްކޮށްފައެވެ. ޒަމާނީ ވިސްނުމާއި، އުޖާލާ މުސްތަޤްބަލަކާއި އެކުވެރިކަން ރަމްޒުކޮށްދޭ ގޮތަށް ދިރާގުގެ މިބްރޭންޑް ކަށަވަރުކޮށްދީފައި ވަނީ ދިރާގަކީ ޒަމާނީ ދިރިއުޅުމުގެ ވައްޓަފާޅި ކުރިއަރުވާ ނުވަތަ ލައިފްސްޓައިލް ޑްރިވަން ޑިޖިޓަލް ސާވިސަސް ކުންފުންޔެއް ކަމެވެ. "ޓޭކް އޮން ޓުމޯރޯ" ނުވަތަ "މުސްތަގްބަލަށް ފުރިހަމައަށް ތައްޔާރު" މި ޝިޔާރު ހިޔާރުކޮށް، މި ބްރޭންޑިންގަކީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ދިރާގު ތައްޔާރަށް އޮތްކަން ދޭހަކޮށްދޭ ބަދަލެކެވެ. އާ ބްރޭންޑިން އާއެކު ދިރާގުގެ މަޤްސަދަކަށް ވެގެން ދިޔައީ ކަސްޓަމަރުން ބާރުވެރިކޮށް މި ޑިޖިޓަލް މުސްތަގްބަލުގެ ބޭނުން އެންމެ ފުރިހަމަ އަށް ފޯރުކޮށްދިނުމެވެ.