ހަބަރު

ކުޅުދުއްފުށީ އެއާޕޯޓާއި ބޮޓްލިން ޕްލާންޓް ރައީސް ހުޅުއްވައިި ދެއްވައިފި

Sep 21, 2018

ހދ. ކުޅުދުއްފުށީ، ކުޅި ހިއްކައިގެން އަޅާފައިވާ އެއާޕޯޓާއި އެ ރަށުގައި އެމްޑަބްލިއުއެސްސީއިން ހަދާފައިވާ ބޮޓްލައިން ޕްލާންޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ހުޅުއްވައި ދެއްވައިިފި އެވެ.

މީގެ ދެ ދުވަސް ކުރިން ރަންވޭ އިފުތިތާހު ކުރުމުގެ ގޮތުން ޓެސްޓް ފްލައިޓް ޖައްސާފައިވާ ކުޅުއްފުށީ އެއާޕޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން އެއާޕޯޓު ތަރައްގީކުރި އެމްޓީސީސީ އާއި ސަރުކާރުގެ ވަޒީރުން އަދި ބައެއް މަޖިލިސް މެންބަރުންވެސް ބައިވެރި ވަޑައިގަތެވެ. ރައީސްގެ ބޯޓް ޖެއްސީ ކުޅުދުއްފުށީ އެއާޕޯޓަށެވެ. އެމަނިކުފާނު އެއާޕޯޓަށް ފޭބި ވަގުތު އެ ރަށުގެ ރައްޔިތުން ނިކުމެ ވަނީ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފަ އެވެ.

ސަރުކާރުން އެމްޓީސީސީއާ ކުޅުދުއްފުށީ އެއާޕޯޓްގެ މަޝްރޫއު ހަވާލުކޮށްފައިވަނީ 53.4 މިލިއަން ރުފިޔާ އަށެވެ. މީގެ އިތުރުން ރަންވޭ އެޅުނަށް އެމްޓީސީސީއާ ހަވާލު ކުރީ 50.9 މިލިއަން ރުފިޔާއަށެވެ. ނުވަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުށީގެ އެއާޕޯޓަކީ އެ ރަށުގެ ގިނަ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެކެވެ. ރަށަށް މިއަދު ފުރަތަމަ ފްލައިޓް ޖެއްސި ވަގުތު ގިނަ އަދަދެއްގެ ރައްޔިތުން އެ ސަރަހައްދަށް ގޮސް ތިއްބެވެ. އަދި ހޫނު މަރުހަބާއެއް ވަނީ ކިޔާފަ އެވެ.