ވޯލްޑް ކަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުގެ ރޭ ގަތަރާ ދެކޮޅަށް ދިވެހިރާއްޖޭގެ ގައުމީ ޓީމުގެ ކުޅޭ މެޗުގެ ކުރިން ރައީސް އަބްދުﷲ ޔާމީން މިރޭ ގައުމީ ޓީމާ ބައްދަލުކުރައްވައިފި އެވެ.
ގަލޮޅު ރަސްމީ ދަނޑުގައި މިރޭ އޮތް ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ކުރިން ރައީސް ވަނީ ޓީމާ ބައްދަލުކުރައްވައި، މެޗުގެ ކުރިން ގައުމީ ޓީމަށް ހިތްވަރުދެއްވައިފަ އެވެ.
ރައީސް ޔާމީން ޓީމާ ބައްދަލުކުރަންް ވަޑައިގަތީ "ސަޕްރައިޒެއް"ގެ ގޮތުގަ އެވެ. ރައީސް ވަޑައިގަންނަވާކަން ކުރިން ޓީމަކަށް ނޭނގެ އެވެ.
ގައުމީ ޓީމުގެ ފަރާތުން ރައީސް ޔާމީނާއި ރައީސްގެ ދަރިކަލުންނަށް ގައުމީ ޓީމުގެ ޖޯޒީ ވަނީ ހަދިޔާކޮށްފަ އެވެ. ގައުމީ ޓީމުގެ ފަރާތުން ރައީސް އާއި ރައީސްގެ ދަރިކަލުންނަށް ޖޯޒީ ހަވާލުކުރީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ.
ގުރޫޕް ސީގައި ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް ގަތަރުގެ ޓީމު މިރޭ މާލެ އަންނާނެ އެވެ.
ގުރޫޕް ސީގައި ރާއްޖެ އާއި ގަތަރާއެކު ދެން އޮތީ ޗައިނާ އާއި ބޫޓާން އަދި ހޮންކޮންގެވެ. ރާއްޖެ ގުރޫޕްގައި ކުޅެންޖެހޭ ދެވަނަ މެޗުގައި މި މަހުގެ 17 ވަނަ ދުވަހު ނުކުންނާނީ ރަށުން ބޭރުގައި ނުކުންނާނީ ހޮންކޮންގްއާ ދެކޮޅަށެވެ.