ހަބަރު

މަހުލޫފާއި މޫސާ ސިރާޖުގެ ބަންދު ރިވިއުކުރަން އެދިއްޖެ

Sep 24, 2018

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފާއި ގާނޫނީ ވަކީލް މޫސާ ސިރާޖުގެ ބަންދު ރިވިއުކުރަން ކުރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

ދެ ބޭފުޅުންގެ ގާނޫނީ ވަކީލްކަން ކުރައްވާ ނާޒިމް އަބްދުލްސައްތާރު ވަނީ އެކަން ޔަގީންކޮށްދެއްވާފަ އެވެ.

މަހުލޫފް މިވަގުތު ހުންނެވީ ގޭބަންދުގަ އެވެ. ޓަރަރިޒަމްގެ މައްސަލާގައި އޭނާ ގޭބަންދުގައި ހުންނެވިއިރު އެހެން ދައުވާތަކެއް ވެސް އޭނާގެ މައްޗަށް ކުރެ އެވެ.

ކުރީގެ ނައިިބު ރައީސް އަހުމަދު އަދީބު ނެރުއްވި ބަޔާންތަކަކާ ގުޅިގެން ވަކީލް ސިރާޖު ހައްޔަރުކޮށް ވަނީ ހަ ދުވަހަށް ބަންދުކޮށްފަ އެވެ. އޭނާގެ މައްޗަށް ވެސް ގިނަ ތުހުމަތުތަކެއް ކުރެ އެވެ.