އަހުމަދު މަހްލޫފު

މަހުލޫފްގެ ޝަރީއަތް މާދަމާ ފަށަނީ

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު
0%
0%
0%

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތް އަލުން ފެށުމަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓްގައި މައްސަލަ ތާވަލު ކޮށްފައިވަނީ މާދަމާ ހެނދުނު 9:00 އަށެވެ. މި އަޑުއެހުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އޮންލައިން ކޮށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ކްރިމިނަލް ކޯޓުން ކުރީން ވަނީ ބޭރުކޮށްލާފައެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށްފަހު މިދިޔަ މާޗް މަހުގެ ފުރަތަމަ ދުވަހު އެވެ.

މަހުލޫފްގެ މައްސަލައިގެ އަޑުއެހުންތައް މިދިޔަ ފެބްރުއަރީ 10 ވަނަ ދުވަހު ފަށާއިފައިވާއިރު އެދުވަހު މަހުލޫފު ވަނީ ދައުވާއަށް އިންކާރުކުރައްވާފަ އެވެ. އަދި މި މައްސަލައިގައި ހެކި ހޯދާފައިވާ ގޮތަށް ބަލާއިރު މިއީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ. އެ ނިންމުން ދައުލަތުން ހައިކޯޓްގައި އިސްތިއުނާފު ކުރުމުން ކްރިމިނަ ކޯޓްގެ ނިންމުން ބާތިލު ކޮށް އަލުން މައްސަލަ ބަލަން ވަނީ އަންގާފައެވެ.

ދައުލަތުން މަހުލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައި މަހްލޫފް މަޖިލީހުގެ މެންބަރަކަށް ހުންނެވިއިރު މަޖިލީހުގައި އޭރު ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދެއްވުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 ޔޫއެސް ޑޮލަރު މަހްލޫފަށް ލިބިފައިވާ ކަމަށެވެ. އެފައިސާ މަހުލޫފަށް ދިނީ އެސްއޯއެފް މެދުވެރިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށް ދައުލަތުން ބުނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345